ENGLISH
20 ޖުލައި 2026
ސަންދާނު ލުތުފީގެ ބޮޑު ތުހުމަތެއް ރައީސް ނަޝީދަށް؛ މަރާލަން ނުރައްކާތެރި ހަމަލާއެއް ދީފި
19 ޖުލައި 2026
|
ސަންދާނު އިބްރާހީމް ލުތުފީ
އެންމެ މަޤްބޫލު
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ނެރުނު މަޖައްލާ ސަންދާނު ނެރުއްވުމުގައި އިސްދައުރެއް އަދާކުރެއްވި އިބްރާހީމް ލުޠުފީ އަވަހާރަކޮށްލުމަށް އޭނާ ދިރިއުޅުއްވާ ސްވިޒްލޭންޑުގައި ނުރައްކާތެރި ހަމަލާއެއް ދީފައިވާކަމަށާއި، އެ ހަމަލާގެ ފަހަތުގައި ހުންނެވީ އެމްްޑީޕީގެ ޗެއާޕާސަންް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުކަމަށް އޭނާ ތުހުމަތުކުރައްވައިފިއެވެ.
ލުޠުފީއަކީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކޮށްލުމަށްް 2000 ގެ ކުރީކޮޅުގައި ރާއްޖޭގައި ހިނގި ސިޔާސީ ހަރަކާތުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވުމަށްފަހު މިނިވަންވެވަޑައިގެން ޔޫރަޕަށް ވަޑައިގެން ސްވިޒްލޭންޑުގެ ހިމާޔަތް ހޯއްދެވުމަށްފަހު އޭނާ ދިރިއުޅުއްވަނީ އެ ގައުމުގައެވެ.
އޭގެ ފަހުން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ހިންގި ހަރަކާތްތަކަށް ހިތްވަރުދެއްވައި އެކި ގޮތްގޮތުން އެ މަސައްކަތުގައި ބައިވެރިވެވަޑައިގަތެވެ.
ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމަށްފަހު ގާއިމުވި ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ވެރިކަމުގައި ސަރުކާރުގެ އިސް ބައެއް މަގާމުތައް އަދާކުރެއްވިއެވެ. އަދި ރައީސް އަބްދުﷲ ޔާމީނު ވެރިކަމަށް ގެންނެވުމަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މަސައްކަތްކުރެއްވިއެވެ.
ފޭސްބުކުގައި ލުޠުފީ ލިޔުއްވި ގޮތުން އޭނާ އަވަހާރަކޮށްލުމަށް ހަމަލާދިނީ ސްވިޒްލޭންޑުގެ ބާސެލްގައެވެ. އެއީ ފާއިތުވި ހޮނިހިރުދުވަހުކަމަަށާއި، ހަމަލާ އަމާޒުވީ ހެނދުނު 10:00 ހާއިރުކަމަށް އޭނާ ވިދާޅުވިއެވެ.
ލުޠުފީ ތުހުމަތުކުރެއްވި ގޮތުގައި މި ޙަމަލާއަކީ ވަރަށް ރޭވުންތެރިކަމާއެކު އިންތިޒާމުވެގެން ބަޔަކު ދިން ހަމަލާއެކެވެ. އެ ހަމަލާދިނީ ރައީސް ނަޝީދު އެކަަމަށް ފައިސާ ދެއްވި ގޭންގަކުންކަމަށްވެސް އޭނާ ތުހުމަތުކުރައްވައެވެ.
ފޭސްބުކުގައި ޝާއިއުކުރެއްވި އިތުރު ޕޯސްޓުތަކެއްގައި އެ ހަމަލާގައި ބައިވެރިވިކަމަށް އޭނާ ތުހުމަތުކުރައްވާ ދެ މީހެއްގެ ފޮޓޯވެސް ޝާއިއުކުރައްވާފައިވެއެވެ. އަދި އެ ހަމަލާ އިންތިޒާމުކުރުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރައްވާ ދިވެހިންގެ ނަންތައް ހިމެނޭ ލިސްޓެއްވެސް ހިމެނެއެވެ.