ENGLISH

18 ޖުލައި 2026

Advertisement

ބުރު ސްޕޯޓްސްގެ ކޯޗަކަށް ސްޕެއިންގެ ރޮޑްރިގޭޒް

18 ޖުލައި 2026

|

އިސްމާއިލް ޝާހު

ބުރު ސްޕޯޓްސްގެ އައު ކޯޗަކަށް ހަމަޖެއްސި ކްރިސްޓިއަން ރޮޑްރިގޭޒް ---

ބުރު ސްޕޯޓްސް ކުލަބުގެ އައު ކޯޗަކަށް، ޔުއެފާ ޕްރޯ ލައިސަންސް ހޯދާފައިވާ ސްޕެއިންގެ ކްރިސްޓިއަން ރޮޑްރިގޭޒް ހަމަޖައްސައިފިއެވެ.

ބުރު ސްޕޯޓްސްއިން އައު ކޯޗެއް ހަމަޖެއްސިއިރު، އެ ކުލަބާއެކު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދެ ފަރާތުގެ މަޝްވަރާއަށްފަހު އެއްބަސްވުން އައުނުކުރުމަށް ވަނީ ނިންމާފައެވެ. ބުރު ސްޕޯޓްސްއިން 2023 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރަން ފެށިފަހުން، މިހާތަނަށް އެ ޓީމަށް އިރުޝާދުދިނީ ނިޒާމްބެއެވެ. 

ބުރު ސްޕޯޓްސްއިން ހަމަޖެއްސި ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ރޮޑްރިގޭޒް އަކީ ކޯޗިންގެ ދާއިރާގައި ގިނަގުނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެކެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން ސްޕެއިން، އެމެރިކާ އަދި އިންޑިއާގެ އެކި އެކެޑަމީތަކުގެ ޒުވާން ޓީމުތަކާއި ސީނިއަރ ޓީމުތަކަށް އިރުޝާދުދީފަވެ. އެތުލެޓިކޯ މެޑްރިޑް ފަދަ ކުލަބުތަކުގެ ޒުވާން ޓީމުތަކަށް އިރުޝާދުދީފައިވާ ރޮޑްރިގޭޒް އަކީ ޒަމާނީ ވަސީލަތްތަކާއި ޑޭޓާ އެނަލައިސިސް ބޭނުންކޮށްގެން މަސައްކަތްކުރާ ކޯޗެކެވެ.

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތަރުވަނައިގައި ނިންމި ބުރު ސްޕޯޓްސް ކުލަބުން ވަނީ އެފްއޭ ކަޕާއި، ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި ކުޅެފައެވެ.

ކިޔުންތެރިންގެ ހިޔާލު