ENGLISH

18 ޖުލައި 2026

Advertisement

އިރާނުގެ ބިމުގެ ކޮންމެ އިންޗިއެއްގެ ދިފާއުގައި ފަހު ނޭވާއާ ޖެހެންދެން ދެމިތިބޭނަން: އައްބާސް އަރާގްޗީ

18 ޖުލައި 2026

|

އައިމިނަތު ޝަފާ

އިރާނުގެ ބިމުގެ ކޮންމެ އިންޗިއެއްގެ ދިފާއުގައި ފަހު ނޭވާއާ ޖެހެންދެން ދެމިތިބޭނެކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. 

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 38 މީހުން ޝަހީދުވެ، 400 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައެވެ. މި އުދުވާނުގައި އެމެރިކާގެ ހަމަލާތައް ބޮޑަށް އަމާޒުވަމުންދަނީ އީރާނުގެ ހުރުމުޒްގާން ޕްރޮވިންސަށެވެ. މިއީ އެ ގައުމުގެ ދެކުނުގައި އޮންނަ ހުރުމުޒް ކަނޑުއޮޅިއާ ގުޅިފައިވާ އައްސޭރިފަށުގެ ޕްރޮވިންސެކެވެ. މި ޕްރޮވިންސްގެ ވެރިރަށަކީ ބަންދަރު އައްބާސްއެވެ. މިއީ ތެޔޮ އުފުލުމުގެ އިތުރުން، އީރާނުގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާ ސަރަހައްދެކެވެ. 

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ބަންދަރު ހަމީރު ފާލަން ހުރަސްކުރަނިކޮށް އާންމުންގެ ތިން މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ.

"އެއީ އެއްވެސް ކުށެއް ނެތް މައުސޫމް ބައެއް. އެމީހުންގެ ލޭ ބޭކާރުވެގެން ދިޔަ ނުދޭނަން،" އައްބާސް ވިދާޅުވިއެވެ.

އީރާނުގެ ސިޔާދަތު ރައްކާތެރިކުރުމުގައި ފަހުނޭވާއާ ޖެހެންދެން ސާބިތުވެ ތިބޭނެ ކަމަށް އައްބާސް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ބަންދަރު އައްބާސްއަށް އެމެރިކާއިންދިން ހަޙަމަލާތަކުގައި 8 މީހަކު ޝަހީދުވެ، 19 މީހުން ޒަހަމްވެފައިވެއެވެ. އަދި މި ހަމަލާތަކުގައި ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަ ފާލަން ވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ.

އެމެރިކާގެ މި އުދުވާނާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު