ENGLISH
18 ޖުލައި 2026
ކުރިމަގުގައި ކަސްޓަމްސް ޑިޖިޓަލައިޒް ކުރެވި ބޯޑަރުތައް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވޭނެ: އިހުސާން
18 ޖުލައި 2026
|
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ކުރިއަށް އޮތްތަނުގައި މޯލްޑިވްސް ކަސްޓަމްސް ޑިޖިޓަލައިޒް ކުރެވި ބޯޑަރުތައް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެންދާނެކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައެވެ.
ވަޒީރުގެ މެސެޖުގައި ކަސްޓަމްސްއިން ކުރަމުންދަނީ ގައުމީ ސަލާމަތާ ގުޅޭ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމާއި އޭގެތެރެއިން ވިޔަފާރިތަކަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމްކޮށްދިނުމުގެ އިތުރުން ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ހިއްސާއެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމްސްގެ މުވައްޒަފުން އަދާކުރަމުންދާކަމަށް ވިދާޅުވިއެވެ.
"މި ސަރުކާރު އައި ފަހުން ދިވެހިރާއްޖޭގެ ބޯޑަރުން ޑްރަގްސް އަތުލުމާއި ގާނޫނީ ގޮތުން މަނާކޮށްފައިވާ ރައްޔިތުންގެ ގެއްލުންދެނެވި ވޭޕްފަދަ ތަކެތި މަނާކޮށްފައިވާ ހިދުގައި އެ އެއްޗިހިތައް ބޯޑަރުން އަތުލައިގަތުމުގައި ވަރަށް ފުރިހަމަ ކާމިޔާބީތަކެއް މިދިޔަ ދެ އަހަރާއި ބައިގައި ދިވެހިރާއްޖޭގެ ސަރުކާރުގެ ގައިޑެންސްއާއިއެކުގައި ކަސްޓަމްސްގެ މުވައްޒަފުން ވަނީ ފުރިހަމައަށް މަސައްކަތް ތަންފީޒުކޮށްފައި،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތާގައި ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންވެގެންދާނީ މިހާރަށްވުރެ ފަސޭހަކޮށް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި މިހާރަށްވުރެ ބޮޑަށް ޓެކޮނޮލޮޖީގެ ބޭނުން ހިފައިގެން ރާއްޖޭގެ ބޯޑަރުތައް މިހާރަށްވުރެ ބޮޑަށް ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އަދާކުރުމަށް ކުރިމަގުގައި ކަސްޓަމްސްއިން ކަމަރު ބަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.