ENGLISH
18 ޖުލައި 2026
ދުއްވާފައި ދިޔަ ސައިކަލަކުން، ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް
18 ޖުލައި 2026
|
ފުލުހުން މަގުމަތި ބަލަހައްޓަނީ.
އެންމެ މަޤްބޫލު
ދުއްވާފައި ދިޔަ ސައިކަލަކުން، ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މާލޭ ރައްދެބައިމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި، ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، ކޮންޓްރޯލް ނުވެ ގޮސް ގުދަނެއްގެ ދޮރުގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ރޭ 00:15 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން އައި.ޖީ.އެމް ހޮސްޕިޓަލުން ފަރުވާދީފައިވާކަމަށް ފުލުހުން ބުންޏެވެ. ހާދިސާގެ ސަބަބުން ދެ ސައިކަލަށާއި ގުދަނުގެ ދޮރަށް އެކިވަރުގެ ގެއްލުންތައް ވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއވެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ޓޯވ ކޮށް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.