ENGLISH

17 ޖުލައި 2026

Advertisement

އިތުރު 17 ރަށަކަށް އެމްބިއުލަންސް ފޮނުވައިފި، މިހާތަނަށް ފޮނުވި ޖުމްލަ އަދަދު 87 އަށް

17 ޖުލައި 2026

|

ޢަލީ ޝަހީމް

އެމްބިއުލަންސް ރަށްތަކާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެމްބިއުލަންސްގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ފޯރުކޮށްދިނުން. ފޮޓޯ: ޞިއްޙަތާއި އިޖުތިމާޢީ ވުޒާރާ

އެންބިއުލަންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތުގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެެއިން، އިތުރު 17 ރަށަކަށް އެމްބިއުލަންސް ފޮނުވައިފިއެވެ. 

އިތުރު ރަށްތަކަކަށް އެމްބިއުލަންސް ފޮނުވުމުގެ ރަސްމިއްޔާތުގެ އޮތީ ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ފަރާތުން ރޭ ރޯޝަނީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައީ 17 ރަށަކަށް އެމްބިއުލަންސް ޙަވާލުކޮށްދެއްވީ ވަޒީރު ޤީލާ ޢަލީ އެވެ. 

މިއީ އަތޮޅު ތެރޭގައި 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއެކު ޑިސެމްބަރ 2025 ގައި ހަވާލުކުރެވުނު މަޝްރޫޢުގެ ދަށުން ގެނެވުނު 17 އެމްބިއުލާންސެވެ.

އިއްޔެ ހަވާލުކުރި 17 އެމްބިއުލާންސް އާއެކު، މިހާތަނަށް 87 އައު އެމްބިއުލާންސް މިވަނީ ރާއްޖޭގެ އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާ ހަވާލުކުރެވިގެން ގޮސްފައިކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. 

ސަރުކާރުން އެމްބިއުލަންސް ގެނައުމުގެ މަސައްކަތް ފެށީ ބައެއް ރަށްތަކުގައި އެ ޚިދުމަތް ނުލިބި ބަލި މީހުން އުފުލުމުގައި ރަށްރަށުގެ ރައްޔިތުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭތީއެވެ. އަދި، އެމްބިއުލަންސް ހުރި ރަށްރަށުގައި ވެސް އެމްބިއުލަންސް ރަނގަޅަށް ނުބެލެހެއްޓޭތީ އެމްބިއުލަންސްތައް ހުރީ ބަދަލުކުރަން ޖެހިފައެވެ. 

ރަށްތަކަށް އެމްބިއުލަންސް ގެންނަން ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 25 ވަނަ ދުވަހު ތ. އޮމަދޫގައި ދެއްކެވި ވާހަކަފުޅުގައެވެ. އެދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމްބިއުލަންސް ބޭނުންވާ ގިނަ ރަށްތަކެއް ހުރުމާއެކު ސަރުކާރުން އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ. އަދި، އެމްބިއުލަންސްތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން އެދުވަހު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު