ENGLISH
17 ޖުލައި 2026
ހުޅުމާލެ ފޭސް 3 ގައި 1،000 ހައުސިން ޔުނިޓް އަޅަން ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފި
17 ޖުލައި 2026
|
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1،000 ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުން. ފޮޓޯ: ގެދޮރުވެރިކަމާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ "އެފޯޑަބަލް ހޯމް އޯނަރޝިޕް" ސްކީމަށް ޚާއްސަކޮށްގެން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1،000 ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުންތަކުގައި ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ފަސް ކުންފުންޏަކާއެކު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސޮއިކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގޭ ފުރަތަމަ މަޝްރޫޢެވެ.
މަޝްރޫޢު ހަވާލުކުރެވުނު ކުންފުނިތައް:
މި ފަސް ޑިވެލޮޕަރުންނަށް ކޮންމެ ފަރާތަކަށް އެއް ޕްލޮޓްގެ މަގުން ބިން ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 30 މަސްދުވަހެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ފްލެޓްތަކުގެ އަގުތައް ކަނޑައަޅާފައިވަނީ އާންމުންނަށް އަތްފޯރާފަށުގެ އަގުތަކެއްގައެވެ. އެގޮތުން:
މި ފްލެޓުތަކުގެ އަގު ހެޔޮކުރުމަށްޓަކައި ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އޭގެ ތެރޭގައި މަޝްރޫޢު ހިންގާ ބިމަށް އަގު ދައްކަން ނުޖެހުމާއި، އިމާރާތްކުރުމަށް އެތެރެކުރާ މުދަލުން ޑިއުޓީ ނުނެގުމުގެ އިތުރުން، ފްލެޓް ގަންނަ ފަރާތްތަކުން ޖީއެސްޓީ ދައްކަން ނުޖެހުން ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ހުރިހާ ފްލެޓެއްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ ސަރުކާރުން އިއުލާންކޮށް އެޕްލިކޭޝަން ބަލައިގަނެފައިވާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި، އޭގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.
މި މަޝްރޫޢަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން "ކޮންޓްެރެކްޓަރ ފައިނޭންސްޑް ބިލްޑް އެންޑް ސެލް" މޮޑެލްއަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތުގެ ސަބަބުން މެދުފަންތީގެ ގިނަ އާއިލާތަކަކަށް އަމިއްލަ ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއްދެއްވަނީ ބޯހިޔާވަހިކަމުގެ ސިޔާސަތަށެވެ. މިގޮތުން، ހައުސިން ޔުނިޓްތައް އެޅުމުގެ ގިނަ މަޝްރޫޢުތަކެއް މިހާރު ވަނީ ފަށައިފައެވެ. ހައުސިން ޔުނިޓުތައް އިމާރާތްކުރުމުގެ އިތުރުން ބިން ހިއްކައިގެން ގޯތި ދޫކުރުމުގައިވެސް މި ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.