ENGLISH

17 ޖުލައި 2026

Advertisement

ވޯލްޑް ކަޕުގެ ފައިނަލް މެޗު ބައްލަވާލެއްވުމަށް ޓްރަމްޕް ވަޑައިގަންނަވާނެ

17 ޖުލައި 2026

|

އިސްމާއިލް ޝާހު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް --- ފޮޓޯ: ރޮއިޓަރސް

އަންނަ އާދީއްތަ ދުވަހުގެރޭ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމުގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗު ބައްލަވާލެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ލީވިޓް ވިދާޅުވީ އާދީއްތަ ދުވަހުގެރޭ ކުޅޭ ފައިނަލް މެޗަށް ވަރަށް ބޮޑަށް އިންތިޒާރުކުރައްވާ ކަމަށާއި، ރައީސް ޓްރަމްޕުވެސް އެ މެޗަށް ވަޑައިގަތުމަށް ކެތްމަދުވެފައި ހުންނެވިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ ބަޔަކު ބަލާ، އެންމެ ރައްކާތެރި، އަދި އެންމެ ކާމިޔާބު ވޯލްޑް ކަޕުގެ ގޮތުގައި މި މުބާރާތް ނިމިގެންދާނީ ރައީސްގެ ހާޒިރުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އަންނަ ހުކުރު ދުވަހު ނިއުޔޯކް ސިޓީގެ ޓްރަމްޕް ޓަވަރުގައި ބާއްވާ ފީފާގެ ޚާއްސަ ހަފުލާއެއްގައިވެސް ރައީސް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ލީވިޓް ވިދާޅުވިއެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާއިރު، ކުއާޓާ ފައިނަލް މެޗުތަކާ ހަމައިން މި މުބާރާތުގެ ހުރިހާ މެޗެއް ކުޅެމުން އަންނަނީ އެމެރިކާގައެވެ.

ކިޔުންތެރިންގެ ހިޔާލު