ENGLISH

17 ޖުލައި 2026

Advertisement

އެއިޓީން ތާޓީ ކްލަސިކް: ސެމީގެ ފަހު ދެ ޖާގަ ޗެމްޕިއަން ޕްރިޒަން އާއި އެސްޓީއޯއަށް

16 ޖުލައި 2026

|

އިސްމާއިލް ޝާހު

އެއިޓީން ތާޓީ ކްލަސިކުގައި ޕްރިޒަން އާއި ހުޅުމާލެ ހޮސްޕިޓަލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ ދެވަަނަ ފަންތީގެ މުބާރާތް، އެއިޓީން ތާޓީ ކްލަސިކް 2026 ގެ ސެމީ ފައިނަލް ފަހު ދެ ޖާގަ އެންމެ ފަހު ޗެމްޕިއަން ޕްރިޒަން ކުލަބާއި، އެސްޓީއޯ ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 9 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ.

މި މުބާރާތުގެ ގްރޫޕް އޭގައި މިރޭ ކުޅުނު މެޗުން ޕްރިޒަން ވަނީ ހުޅުމާލެ ހޮސްޕިޓަލް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން 8-1 ގެ ނަތީޖާއަކުން ހެލްތު ރެކްރިއޭޝަން ކުލަބު ބަލިކޮށްފައެވެ.

އެއިޓީން ތާޓީ ކްލަސިކުގައި ކުޅިވަރާ ބެހޭ ވުޒާރާ އާއި ހެލްތު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ނަތީޖާތަކާއެކު ގްރޫޕް އޭގެ ކުރީގައި އޮތް ޕްރިޒަން އާއި އެސްޓީއޯ ސެމީއަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނަ މި ވަގުތު ޕްރިޒަން ކުލަބަށް ލިބޭއިރު، އަންނަ ހޮނިހިރު ދުވަހުގެރޭ ދެ ޓީމު ބައްދަލުކުރާ މެޗުން، މި ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ކަނޑައެޅިގެންދާނެއެވެ. ގްރޫޕް އޭގެ ތިންވަނައިގައި އޮތް ކުޅިވަރާ ބެހޭ ވުޒާރާ އާއި، ހަތަރުވަނައިގައި އޮތް ހުޅުމާލެ ހޮސްޕިޓަލަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ހެލްތަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެއިޓީން ތާޓީ ކްލަސިކުގައި އެޗްޑީސީ އާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ބީގައި މިރޭ 4-1 ގެ ނަތީޖާއަކުން ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ބަލިކޮށް، ކުލަބު އެޗްޑީސީން ވަނީ މި ގްރޫޕުގެ އެއްވަނަ ހޯދާފައެވެ. މި މެޗާ ކުރިމަތިލިއިރުވެސް މި ދެ ޓީމަށް ވަނީ ސެމީގެ ޖާގަތައް ކަށަވަރުވެފައެވެ. މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ ޓީމު އެމްއޭސީއެލް އާއި ޔުނައިޓެޑް ބީއެމްއެލް ބައްދަލުކުރިއިރު، މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެއިޓީން ތާޓީ ކްލަސިކުގައި އެމްއޭސީއެލް އާއި ބީއެމްއެލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްްވަނަ އެޗްޑީސީއަށް ލިބުނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ ސްޓެލްކޯއަށް ހަ ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި ނިންމި ބީއެމްއެލް އާއި، ފުލަށްދިޔަ އެންމެ ފަހުގެ ރަނަރަޕް އެމްއޭސީއެލްއަށް ލިބުނީ ޕޮއިންޓެކެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހު ދެ މެޗު އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

  • ޕްރިޒަން ކުލަބު - އެސްޓީއޯ އާރްސީ (22:15)
  • ހުޅުމާލެ ހޮސްޕިޓަލް - ކުޅިވަރާ ބެހޭ ވުޒާރާ (22:15)
ކިޔުންތެރިންގެ ހިޔާލު