ENGLISH

17 ޖުލައި 2026

Advertisement

ތިމަރަފުށީ ފުޓްސަލް ދަނޑު ވަޒީރު ރާފިޢު ހުޅުއްވައިދެއްވައިފި

16 ޖުލައި 2026

|

އިސްމާއިލް ޝާހު

ތިމަރަފުށީ ފުޓްސަލް ދަނޑު ވަޒީރު ރާފިޢު ހުޅުއްވައިދެއްވުމަށްފަހު --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ތ. ތިމަރަފުށީ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. ވަޒީރު މި ދަނޑު ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ސަރުކާރުން ތިމަރަފުށީގައި ތަރައްގީކުރި ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢުއްޒު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ދަނޑުގެ އަމަލީ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ.

ތިމަރަފުށީގައި ސަރުކާރުން ގާއިމުކުރި ފުޓްސަލް ދަނޑު --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްދިޔަ މި ދަނޑަކީ އެ ރަށުގެ ޒުވާނުން ގިނަ ދުވަސްތަކެއްވަންދެން ދެކެމުންއައި ހުވަފެނެކެވެ.

ތިމަރަފުއްޓަކީ ދިވެހިރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައި، މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އުފެދިފައިވާ ރަށެކެވެ. ސަރުކާރުން އެ ރަށުގައި ގާއިމުކުރި ފުޓްސަލް ދަނޑާއެކު، އެ ރަށުގެ ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވި، އިތުރު ހުނަރުވެރި ކުޅުންތެރިން އުފެދިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު