ENGLISH

21 އޭޕްރީލު 2025

Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަ ކުއްޖަކާއި އިތުރު ދެމީހުން ހައްޔަރުކޮށްފި

28 ޑިސެމްބަރު 2024

|

އަހުމަދު އަބްދުﷲ

ހައްޔަރުކުރި ދެމީހުން

މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ކުޑަ ކުއްޖަކު ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ކުޑަ ކުއްޖަކާއި އިތުރު ދެ މީހުންނެވެ. އެއީ، މއ. ކޮޓްންވިލާ، އަޙްމަދު ސަފްނީޒް (41 އަހަރު)، ޏ. ފުވައްމުލައް، ދޫޑިގަން، ނިއުވެލީ، މުޙައްމަދު އިވާން (23 އަހަރު) އެވެ.

މި އޮޕަރޭޝަންގައި ފުލުހުން ބަލާ ފާސްކޮށްފައިވަނީ ގ. ސްވިންގ އެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ އެ ގެ ބަލައި ފާސްކުރި އިރު ހެރޮއިން ކަމަށް ޝައްކުކުރެވޭ އެއް ގްރާމް، މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 0.75 ގްރާމް އަދި ކެނެބިސް ކަމަށް ޝައްކުކުރެވޭ 43.29 ގްރާމް ފެނުމާ ގުޅިގެންނެވެ. މީގެ އިތުރުން 24,110 ރުފިޔާވެސް އެ ގެއިން ފެނިފައިވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން އަޙްމަދު ސަފްނީޒް 10 ދުވަހަށް އަދި މުޙައްމަދު އިވާން 15 ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ސަތާރަ އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު