ENGLISH
21 އޭޕްރީލު 2025
ތައިލެންޑްގެ އަންހެނަކަށް އޭނާގެ ސްޕޮންސާ އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ
28 ޑިސެމްބަރު 2024
|
އއ. ތޮއްޑޫ -- ފޮޓޯ: ގޫގުލް
އއ. ތޮއްޑޫގައި ތައިލެންޑްގެ އަންހެނަކަށް އޭނާގެ ސްޕޮންސާ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެެވެ.
ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ، އއ. ތޮއްޑޫގައި މަސައްކަތް ކުރާ ތައިލެންޑް އަންހެނަކަށް އަނިޔާ ކުރި މައްސަލައެއް މިމަހުގެ 26 ވަނަ ދުވަހުގެ 18:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ތޮއްޑޫގައި މަސައްކަތް ކުރާ ތައިލެންޑްގެ އަންހެން މީހާއަށް އަނިޔާ ކޮށްފައިވަނީ އޭނާގެ ސްޕޮންސާއެވެ.
މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤުކުރައްވަމުން ކަމަށެވެ.