ENGLISH

04 ޖުލައި 2025

Advertisement

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫޓިލިޓީ ލައިސަންސް ދޫކުރަން ފަށައިފި

28 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ޢާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމުގެ ދާއިމީ ލައިސެންސް ދޫކުރަން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، (ޔޫއާރުއޭ)އިން ފަށައިފިއެވެ.

މިއީ ވިޔަފާރީގެ އުސޫލުން ދޭ ފެނާއި ނަރުދަމާ އާއި ކަރަންޓާއި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އާންމުންނަށް ދިނުމަށްޓަކައި ދޫކުރާ ލައިސެންސެކެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުގެ ދަށުން ޢާންމު ބޭނުންތަކުގެ ޚިދުމަތްދިނުމުގެ ދާއިމީ ލައިސެންސް މިހާރު ދޫކުރަން ފަށައިފައިވާ ކަމަށާއި މީގެ ކުރިން އެ އޮތޯރިޓީން ދޫކުރަމުން އައީ ވަގުތީ ހިންގުމުގެ ލައިސެންސެއް ކަމަށް އެ އޮތޯރިޓީއިން ވަނީ ހާމަކުރައްވައިފައެވެ. އަދި މިފަދަ ލައިސެންސެއް ނެތި ޚިދުމަތް ދިނުމަކީ ޔޫއާރުއޭގެ ޤާނޫނުގެ ދަށުން މަނާކަމެއް ކަމަށް ވެސް އެއޮތޯރިޓީއިން ވަނީ ހަނދާންކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު
28 ޑިސެމްބަރު 2024

ސަނަގަ ·

ޔުޓިލިޓީ އޮތޯރިޓީގެ މައިގަނޑު މަޤުޞަދު ހާސިލްވޭތޯ؟!!