ENGLISH
21 އޭޕްރީލު 2025
ޖަޕާނުގެ މަޖިލިސް މެމްބަރަކު ރާއްޖޭގައި ނިޔާވެއްޖެ
28 ޑިސެމްބަރު 2024
|
ޖަޕާނުގެ މަޖިލިސް މެމްބަރު ޓޮޝިޔުކި އަޑާޗި -- ފޮޓޯ: ވިކިޕީޑިއާ
ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޖަޕާނުގެ މަޖިލީސް މެމްބަރަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ޅ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ޖަޕާނުގެ 70 އަހަރުގެ ފިރިހެން ފަތުރުވެރިޔަކު ސްނޯކްލީން އަށް ގޮސް އުޅެނިކޮށް ނިޔާވެފައި އޮއްވާ ފެނިފައިވާކަމަށް އިއްޔެ 08:30، އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި ހާދިސާ އާ ގުޅިގެން އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ފުުލުހުން ތަހުޤީގުކުރަމުން ދާކަމަށެވެ.
ޖަޕާނުގެ ނޫހެއް ކަމަށްވާ "ދަ ޕިނެކަލް ގެޒެޓް" އިން ޝައިއުކޮށްފައިވާ ޚަބަރެއްގައިވާ ގޮތުން، ނިޔާވެފައިވަނީ އެގައުމުގެ މަޖިލީސް މެމްބަރެއްކަމަށްވާ ޓޮޝިޔުކި އަޑާޗި އެވެ. އޭނާ ރާއްޖެ ވަޑައިގެންފައިވަނީ މިމަހު 25 ވަނަ ދުވަހުއެވެ. އަދި އޭނާ އަނބުރާ ގައުމަށް ފުރަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހު 6 ވަނަ ދުވަހު ކަމަށް ވެސް އެ ނޫހުގައި ޝައިއުކޮށްފައިވާ ޚަބަރުގައިވެއެވެ.