ENGLISH

21 އޭޕްރީލު 2025

Advertisement

ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ސައިކޭޓްރީ އާއި ސްޕީޗް ތެރަޕީގެ ޚިދުމަތް އަތޮޅުތަކަށް

28 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުޑަކުދިންތަކަކާ ސަލާމް ކުރައްވަނީ .....

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޢުދުވެ ވަޑައިގެންނެވި ގޮތަށް އަތޮޅުތަކުން ސައިކޭޓްރީ އާއި ސްޕީޗް ތެރަޕީގެ ޚިދުމަތް ލިބޭނެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފައްޓަވައިފިއެވެ.  

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުން ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ. 

ނަފްސާނީގޮތުން އެކި އުނދަގޫތައް ކުރިމަތިވާ މީހުން ރާއްޖޭގައި ގިނަކަމަށް ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިހާރު ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބެނީ ހަމައެކަނި މާލެއިންނާއި ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުން އެކަނި ކަމަށެވެ. އަދި އެ ޚިދުމަތްތައް ރަށްރަށުން ނުލިބޭތީ ފަރުވާއަށް މާލެ އަންނަ މީހުން ގިނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.  

މީގެ އިތުރުން، ވަޒީރު ނާޒިމް ވިދާޅުވީ އަތޮޅުތަކަށް ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ޚިދުމަތް ފުޅާކުރުމަށް  ބޭނުންވާ ސައިކޮލޮޖިސްޓުންނާއި ސައިކޭޓްރިސްޓުންނާއި ކައުންސެލަރުންނާއި ތެރަޕިސްޓުން ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

ނަފްސާނީ ޞިއްޙަތަށް ފުޅާދާއިރާއެއްގައި އިންވެސްޓްކޮށް، ނަފްސާނީ ޞިއްޙަތުގެ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު