ENGLISH

13 ޖުލައި 2026

Advertisement

އައްޑޫ ލިންކް ރޯޑު މަޝްރޫއަށް ސަރުކާރުން އިސްކަންދެން: ވަޒީރު

13 ޖުލައި 2026

|

އައިމިނަތު ޝަފާ

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް މިއަދުގެ ޖަލްސާގައި..

އައްޑޫ ސިޓީގެ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ މަޝްރޫއެއްކަމަށާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރެވިގެން އެ މަސައްކަތް ކުރިއަށްދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑަައިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. 

ލިންކް ރޯޑު ހެދުމުގެ އެންމެފަހުގެ އަދާހަމަ ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރުއުގެ ދަށުން މިހާރު ކުރެވެމުންދަނީ ދެ ލޭނަށް އޮތް ބައެއް ސަރަހައްދުތައް ހަތަރު ލޭނަށް ބަދަލުކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި މިހާރު އެންމެ އިސްކަމެއް ދެނީ މަގު ފުޅާކުރުމަށްފަހު ކެރިއޭޖްވޭގެ މަސައްކަތް ކުރުމަށް ކަމަށާއި، ސައިޑްވޯކްގެ މަސައްކަތް ކުރިއަށްދާނީ އޭގެ ފަހުން ކަމަށްވެސް ވިދާޅުވިއެވެ.

"ވަރަށް ކާރުބާރު ބޮޑު އެހެން ޑައިވާޝަން މަގެއް ނެތް ތަންތަންހުރި މަގެއް އައްޑޫ ލިންކް ރޯޑަކީ، އެހެންވީމަ މަގު ހެދުމުގައި ވިސްނާކަން ޖެހޭނެ އެއްފަރާތް ހަދާފައި ހުޅުވާފައި އަނެއް ފަރާތް ހަދަން، އެގޮތުން ފުޅާކުރާ ސަރައްހަދު ސާފުކޮށްފައި އެންމެ އިސްކަމެއްދޭނީ ކެރިއޭޖްވޭގެ މަސައްކަތް ކުރުމަށް،". ވަޒީރު ވިދާޅުވިއެވެ. 

އައްޑޫ ލިންކް ރޯޑުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށާއި އެގޮތުން އިއްޔެވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަޝްރޫއުގެ މަސައްކަތް ވީހާވެސް އަވަސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ލިންކް ރޯޑު އަލުން ހެދުމަށް ވުޒާރާއިން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ އަށް ވަނަ ދުވަހުއެވެ.  ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރުން އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ.

އައްޑޫ ލިންކް ރޯޑުގެ މަޝްރޫއުއާ ގުޅިގެން ހަދާ ބަންޑް ވޯލް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގައު އެޅުމާއި ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި ދުވާރުތައް ހެދުމާއި މަގުގެ ފާހަގަތަކާއި މަގުމަތީގެ ނިޝާން ބޯޑުތައް ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަން ގުޅުވާލާ 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް ފެށީ 2001 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ މަސައްކަތް ނިންމައި އެ މަގު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު