ENGLISH
21 އޭޕްރީލު 2025
އަލިފާނުގެ ހާދިސާގެ ތަހުޤީޤަށް ގެނައި އިންޑިއާގެ ޓީމު ފުރައިފި
28 ޑިސެމްބަރު 2024
|
ތިން މިނިސްޓްރީއެއް ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގަެ ތެރެއިން --- ފޮޓޯ: އެމްއެމް - ޝަހީން
ތިން މިނިސްޓްރީއެއް ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ތަޙުޤީޤަށް ގެނައި އިންޑިއާގެ ޓީމު މިހާރު ފުރައިފިކަމަށް ފުލުހުން ބުނެފިއެވެ.
ތިން މިނިސްޓްރީއެއް ހިންގަމުން ގެންދިޔަ އިމާރާތްތައް އެއްކޮށް އަނދާ ހުލިވި އަލިފާނުގެ އެ ހާދިސާ ހިނގީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ހާދިސާ ތަހުޤީޤުކުރުމަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
އެމްއެމްޓީވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އަލިފާނުގެ ހާދިސާ ތަހުޤީޤު ކުރަން ގެނައި އިންޑިއާގެ ޓީމު މިހާރު ފުރައިފި ކަމަށާއި ތަޖުރިބާކާރުން ފުރާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. އަދި ތަހުޤީޤާ ގުޅޭ މައުލޫމާތު ފަހުން ހިއްސާ ކުރައްވާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
އެ ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ. އަދި ސިޓީ ކައުންސިލުން ވެސް ގެއްލުން ލިބުނު ލިޔެކިޔުންތައް ތަރުތީބުކޮށް، ރިކަވާ ކުރުމުގެ މަސައްކަތްތައް މިހާރު ގެންދަނީ ކުރަމުންނެވެ.