ENGLISH

26 ނޮވެމްބަރު 2024

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ފަވާދު؛ ބަޖެޓް ދިރާސާކޮށް ނިންމުމުގެ ސުންގަޑިއަކީ މިމަހު 20

04 ނޮވެމްބަރު 2024

|

އެމް އެމް

ބަޖެޓް ކޮމިޓީގެ ޖަލްސާއެއްގައި މެންބަރުން ވޯޓުލަނީ: ބަޖެޓް ދިރާސާކޮށް ނިންމުމަށް ޓައިމްލައިނެއް ވަނީ ކަނޑައަޅާފައި

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަވާދު ވަނީ ހަމަޖައްސައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މިއަދުގެ ބަޖެޓް ކޮމިޓީގައި ވަނީ ބަޖެޓް ދިރާސާކުރާނެ ޓައިމްލައިނެއް ކަނޑައެޅުމުގެ އިތުރުން ބަޖެޓް ކޮމިޓީގެ ނައިބް  ނައިބު މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ހަމަޖައްސައިފަ އެވެ.

ބަޖެޓާ ގުޅިގެން އޮޑިޓް އޮފީހާއި އެމްއެމްއޭ އިން ދެކޭ ގޮތް ހުށަހެޅުމަށް ފުރުސަތު ދޭންވެސް ވަނީ ނިންމާފައެވެ.  އަދި ބަޖެޓް ދިރާސާކުރަމުން ގެންދާއިރު މިނިވަން މުވައްސަސާތަކާއި ވަކިވަކި އޮފީސްތަކުގެ ބަޖެޓް ތަފްސީލުވެސް ކޮމިޓީން ހޯދާނެއެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 57 ބިލިއަން ރުފިޔާ ފާސް ކުރުމަށް މަޖިލީހަށް ހުށަހެޅީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އެ ބަޖެޓްގައި، އަންނަ އަހަރު އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރިކަރަންޓް ހަރަދުގެ ގޮތުގައި 36 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 64 ޕަސެންޓެވެ. އަދި ކެޕިޓަލް ހަރަދަކީ 13.4 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ހުށަހަހަޅާފައިވަނީ ފަހުގެ ތާރީޚެއްގައި ހުށަހެޅި އެންމެ ދެފިސިޓް ކުޑަ ބަޖެޓެވެ. 

ކިޔުންތެރިންގެ ހިޔާލު