ENGLISH

22 އޭޕްރީލު 2026

Advertisement

އެމްޑީޕީން އުޅެނީ ރާއްޖޭގެ ތަސައްވުރު ހަޑިކުރަން: މެމްބަރު ޒަރީރު

22 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

ހަނގުރާމައިގެ މި ހާލަތުގައި ވެސް އިދިކޮޅު އެމްޑީޕީން އުޅެނީ ރާއްޖޭގެ ތަސައްވުރު ހަޑިކުރަންކަމަށް ވިދާޅުވެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އެ ޕާޓީން ސިލްސިލާގޮތެއްގައި މިހާރު ކުރިއަށްގެންދާ މުޒާހަރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. 

މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ބަހުސްކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި މެމްބަރު ޒަރީރު ވަނީ މެދުއިރުމަތީގައި ހަނގުރާމައެއް ފެށިފައިވާ މި ހާލަތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، އިގްތިސާދީ ނާޒުކު ހާލަތެއްގައި ރާއްޖެއަށް ކުރިމަތިވެފައިވާއިރު ވެސް އެމްޑީޕީން މުޒާހަރާކުރަމުންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

މެމްބަރު ވިދާޅުވީ މި ހާލަތުން ސަލާމަތްވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށާއި ވުމާއެކު ރައްޔިތުންނަށް އެކަންކަން ވިސްނާދޭންޖެހޭނީ ހަގީގަތާ އެއްގޮތަށް ކަމަށެވެ. އަދި މިއީ ސަރުކާރަށް ޑިމާންޑުތައް ކުރަންވީ ވަގުތު ނޫން ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ. 

ސަރުކާރުން ގޯހަށް ކަމެއް ކުރާނަމަ އެކަމަކާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާއެއް. އެކަމަކު ކޮންމެ ރެއަކު މަގުމައްޗަށް ނުކުމެ މި ރާއްޖޭގެ ތަސައްވުރު ހަޑިކުރުމަށްޓަކައި، މި ރާއްޖެއަކީ ހަމަނުޖެހުމުގެ ތެރެއަށް ވަންނަމުންދާ ގައުމެއްކަން ދެއްކުމަށްޓަކައި ތިޔަ ހިންގާ މުޒާހަރާތައް ހުއްޓާލާށޭ. އަދި ނުވޭ ރިޔާސީ އިންތިހާބަށް ނުކުންނާކަށް،". ޒަރީރު ވިދާޅުވި އެވެ. 

މެމްބަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި، ގައުމުގެ ހާާލަތާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މެދުގައި ފަތުރަމުންދަނީ މުޅިިން ދޮގު ވާހަކަތައް ކަމަށެވެ. 

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ސަރުކާރަށް 12 ޑިމާންޑެއްކޮށް މިހާރު އިދިކޮޅު ފަރާތްތަކުން އަންނަނީ މާލޭގެ މަސްލަހަތު ނަގާލައި ކޮންމެ ރެޔަކުހެން މުޒާހަރާތަކެއް ކުރަމުން ނެވެ. އެމްޑީޕީގެ އިތުރަށް ދެން އެ މުޒާހަރާތަކުގައި ބައިވެރިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ މެމްބަރުން ނެވެ.  

ކިޔުންތެރިންގެ ހިޔާލު