ENGLISH

21 އޭޕްރީލު 2025

Advertisement

މާފުށީގައި އިތުރުވަމުން އަންނަ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިތުރު ދެ ޖަނަރޭޓަރު ގެންގޮސްފި

28 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ކ. މާފުށި --- ފޮޓޯ: ގޫގުލް

ކ. މާފުށީގައި އިތުރުވަމުން އަންނަ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިތުރު ދެ ޖަނަރޭޓަރު ސެޓު ގެންގޮސްފިއެވެ. 

ސްޓެލްކޯ އިން ވިދާޅުވީ، މާފުށީގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށާއި، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، އެއް މެގަވޮޓްގެ ދެ ޖަނަރޭޓަރު ސެޓާއި، ސްޓެޕްއަޕް ޓްރާންސްފޯމަރެއް މިހާރު ވަނީ މާފުއްޓަށް ގެންގޮސްފައިކަމަށެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރާފައިވާ މާފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތެކެވެ. 

ސްޓެލްކޯއިން ވިދާޅުވި ގޮތުގައި، މި ޖަނަރޭޓަރުތައް ކޮމިޝަން ކުރެވި، ބޭނުން ކުރަންފެށުމާއެކު، މާފުށީގައި އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު