ENGLISH

21 އޭޕްރީލު 2025

Advertisement

60 ވަަނަ ފަހަރަށް ހައްޔަރަށް: މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް

28 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ވައްކަން ކޮށްފައިވާ މައްސަލާގައި ތުހުމަތުކުރެވޭ މީހާ --- ފޮޓޯ: ފުލުހުން

މާފަންނުގައި ހުންނަ "ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރައިގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައިގައި ތުހުމަތުކުރެވޭ، މީހާ ހައްޔަރުކޮށް، ވަގަށް ނެގި ފޯނުތއް ހޯދައިފިއެވެ. މިއީ އޭނާ މައްސަލައެއްގައި ހައްޔަރުކުރި 60 ވަނަ ފަހަރެވެ.

ފުލުހުން ވިދާޅުވީ، އޭނާއަކީ މީގެކުރިން އެކި މައްސަލަތަކާ ގުޅިގެން 59 ފަހަރު ހައްޔަރުކޮށްފައިވާ، މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަމަށެވެ. 

އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ރ.މީދޫ/ބުލްބުލްގެ، އަޒްމީލް މުޙައްމަދު (40އ) އެވެ. އެ މައްސަލައިގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 5 ފޯނު ފެނިފައިވެއެވެ. 

އަޒްމީލް މުޙައްމަދަކީ 2024 އޮކްޓޫބަރު 6 ވަނަ ދުވަހުގެ ވަގުތެއްގައި "ކްރޭވްސް ޓޭކްއަވޭ" ރެސްޓޯރަންޓުން ވައްކަން ކޮށްފައިވާ މައްސަލައިގައި ކުށް ސާބިތުވެ، 5 މަހާއި 22 ދުވަހަށް ގޭބަންދުގައި ބެހެއްޓުމަށް، މި އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެކެވެ.

"ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން އަޒްމީލް މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު