ENGLISH

11 ޖުލައި 2026

Advertisement

ޕީއެންސީގައި އޮތީ އާއްމު މެންބަރުން ބާރުވެރިކޮށް ފުރުސަތު ދޭ ސަގާފަތެއް: ސައީދު

11 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ޕާޓީގެ އެތެރޭގައި އުފައްދަވާފައިވާ ސަގާފަތަކީ ޕާޓީގެ އާއްމު މެންބަރުން ބާރުވެރިކުރުމުގެ ސަގާފަތެއްކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ގިނައިން އިވޭ އެއް ވާހަކައަކީ އައު ޖީލަކަށް ފުރުސަތު ނުލިބުން ކަމަށެވެ. ވަޒީރު ވިދާޅުވީ އެވިސްނުމުން ބަލާއިރު ރައީސް ޑރ.މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަކީ ވަރަށް ބޮޑު ބަދަލެއްގެ ފެށުން ކަމަށެވެ. އެއީ އައު ޖީލަކަށް ވެރިކަމުގެ ބާރުތައް ފުރޮޅުމުގެ ފެށުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. 

ވަޒީރު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ގަބޫލުކުރެއްވީ އެންމެ މުހިއްމީ ރައްޔިތުންގެ އަޑުއެއްސެވުންކަމަށާއި، އެ އަޑުއައްސަވައިގެން ސިޔާސަތުތައް އެކުލަަވައިލެއްވުމަކީ ކޮންމެހެން ކުރައްވަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ރައީސް ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ އަޑުއައްސަވައި، ހިޔާލާއި މަޝްވަރާ ހޯއްދެވުމުގައި އެތައް ވަގުތެއް ހޭދަކުރެއްވި ކަމަށެވެ. 

"އެހެންވީމާ މާލެއަށް ވަޑައިގެން ކެބިނެޓާއި ޕާޓީގެ އޮނިގަނޑުގެ ތެރެއިންވެސް ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތަކާއި ޕްރެސިން އިޝޫތައް ހައްލުކުރެއްވުމަށް ރައީސް އިސްކަންދެއްވީ. އެއަށްފަހު ބައްދަލުކުރި އިންތިހާބުތަކުގައި ޕީއެންސީން ގެންދަނީ ވަރަަށް ބޮޑެތި ކާމިޔާބުތަކެއް ހޯދަމުން،" ސައީދު ވިދާޅުވިއެވެ. 

މިއަދު ކުރިއަށްދިޔަ އިންތިޚާބަަށް އިޝާރާތްކުރައްވައި ސައީދު ވިދާޅުވީ މި އިންތިޚާބަށް ބަލައިލުމުން ފެންނަ ހަގީގަތީ ޕީއެންސީގެ ފިކުރުގެ ޕާޓީތަކުގެ ތެރެއިން މިއަދު އެ ޕާޓީ ހިންގުމަށް ހަމަޖެހިފައިހުރި އިންތިޒާމުތަކާ އެއްވަރަށް ޕާޓީގެ އެތެރޭގެ ކަންކަން ހަރުދަނާވެފައި އޮތް ޒަމާނެއް އައިސްފައި ނެތް ކަމަށެވެ. 

މިއިންތިހާބުގައި ލީޑަރުންގެ ލިސްޓެއް ނެތްކަމަށާއި އިންތިހާބުކުރަންވީ ބޭފުޅުން ކަނޑައެޅުމުގެ ފުރިހަމަ އިޚުތިޔާރު ދޫކޮށްލެވިފައި އޮތީ ޕާޓީގެ އާއްމު މެންބަރުންނަށް ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބުގެ އިދާރީ އަދި ފަންނީ ހުރިހާ މަސައްކަތްތަކެއް ކުރިއަށްގެންދެވީ ޕާޓީގެ ޒުވާން މެންބަރުންކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެ ޕާޓީގައި އޮތީ މެންބަރުން ބާރުވެރިކުރުމުގެ ސަގާފަތެއް ކަމަށެވެ. 

"ޕާޓީގެ މިއިންތިހާބަށް ތައްޔާރުވަމުން އައިއިރުގައިވެސް ތަމްރީނުކުރުމުން ފެށިގެން އިންތިހާބު ހިނގާނެ ގޮތާއި ލޮޖިސްޓިކްސް ހިމެނޭހެން މުޅި ސިސްޓަމް ޕާޓީގެ ޒުވާން ބޭފުޅުން ކުރަނީ. މާނައަކީ ފުލީ އެމްޕަވާޑްއޭ. އަނެއްކާ އައްމު މެންބަރުންނަށް ޖާގަ އެބަައޮތޭ. ބަސްބުނުމާއި ބަސްއެހުމުގެ ކަލްޗާ އެބައޮތޭ،" ސައީދު ވިދާޅުވިއެވެ. 

ޕާޓީގެ ސަގާފަތަށް އަލިއަޅުވައިލައްވަމުން ސައީދު ވިދާޅުވީ އެހެނިހެން ބައެއް ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ފެންނަ ނޭދެވޭ ކަންކަން ޕީއެންސީގެ އެތެރޭގެ އިންތިހާބުތަކުން ނުފެންނަނީ ޕާޓީގެ އެތެރޭގައި އަށަގަނެފައިވާ ރަނގަޅު ސަގާފަތުގެ ސަބަބުން ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެ ސަގާފަތު ޕާޓީގެ އެތެރޭގައި އަށަގެންނެވުމުގެ 

ކިޔުންތެރިންގެ ހިޔާލު