ENGLISH
11 ޖުލައި 2026
ރޭ ހިނގި ކަނޑުމަތީ އެކްސިޑެންޓް: މަޑުނުކޮށް ދިޔަ ދޯނި ހޯދަނީ
11 ޖުލައި 2026
|
ރޭގެ އެކްސިޑެންޓްގައި ހިމެނޭ ލޯންޗް --
އެންމެ މަޤްބޫލު
ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ކަނޑުމަތީ ހިނގި އެކްސިޑެންޓްގައި ހިމެނޭ ދޯނި ހޯދަމުންދާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާ މި އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައިވާއިރު، އެ އުޅަނދު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
ފުލުހުން ވަނީ މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް އެދިފަ އެވެ.