ENGLISH

11 ޖުލައި 2026

Advertisement

ވިލިމާލޭގައި ހިނގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެެއްޖެ

10 ޖުލައި 2026

|

އަޙުމަދު ޙަމީދު

ވިލިމާލެ -- ފޮޓޯ: ޔަމީން ފޭސްބުކް

ވިލިމާލޭގައި ހިނގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެެއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ވިލިމާލެ، ކަނދޮޅުމާގޯޅީގަައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލަ މިއަދު ހަވީރު 15:12 އެހައިކަންހާއިރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާ އަނިޔާވެގެން ހޮސްޕިޓަލް އަށް ގެންގޮސްފައި ވަނީ 18 އަހަރު، 27 އަހަރު، 31 އަހަރު އަދި 22 އަހަރުގެ ދިވެހި ހަތަރު ފިރިހެނުންނަށް ކަމަށް ފުލުހުން ބުންޏެވެ.

އަދި ބުނީ މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު