ENGLISH

10 ޖުލައި 2026

Advertisement

ތާޖުއްދީން ސްކޫލުގެ "ފަތަމާ ހިނގާ" ޕުރޮގުރާމުގައި 327 ކުދިން ފަތަން ދަސްކޮށްފި

10 ޖުލައި 2026

|

އިސްމާއިލް ޝާހު

ތާޖުއްދީން ސްކޫލުގެ "ފަތަމާ ހިނގާ" ޕުރޮގުރާމުގެ ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ތާޖުއްދީން ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް ކުރިއަށްގެންދާ "ފަތަމާ ހިނގާ" ޕުރޮގުރާމުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޖޫން މަހުގެ 2 ވަނަ ދުވަހު ފެށި މި ޕުރޮގުރާމުގައި ގްރޭޑް 2 އަކުން 6 އަކާ ދެމެދުގެ 327 ކުއްޖަކު ވަނީ 25 މީޓަރާއި 50 މީޓަރަށް ފަތަން ދަސްކޮށްފައެވެ.

ތާޖުއްދީން ސްކޫލުގެ "ފަތަމާ ހިނގާ" ޕުރޮގުރާމުގެ ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި، ފުލުހުން އަދި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ހިންގި މި ހަރަކާތުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

ތާޖުއްދީން ސްކޫލުގެ އަމާޒަކީ ތާޖުއްދީނުން ތައުލީމު ނިންމާ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުން ކަމަށްވާއިރު، ކުރިއަށް އޮތް ތަނުގައި ގްރޭޑް 1، 7، 8 އަދި 9 ގެ ދަރިވަރުންނަށް މި ޕުރޮގުރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު