ENGLISH

10 ޖުލައި 2026

Advertisement

ޑރ. މަހާތީރަށް 101 އަހަރު، އަނބިކަނބަލުން ޑރ ހަސްމާއަށް 100 އަހަރު ފުރެނީ

10 ޖުލައި 2026

|

އަޙުމަދު ޙަމީދު

ޑރ. މަހާތީރުގެ ދެކަނބަލުން --

މެލޭޝިޔާގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ޑރ މަހާތީރު މުޙައްމަދަށް މިއަދު 101 އަހަރު ފުރިއްޖެ އެވެ.

ޑރ. މަހާތީރު އުފަންވެވަޑައިގަތީ ޖުލައި 10، 1925 ގަ އެވެ. އެމަނިކުފާނަށް 100 އަހަރު ފުރުން މިދިޔަ އަހަރު ވަނީ ކުލަގަދަކޮށް ފާހަގަ ކުރައްވާފަ އެވެ. މަހާތީރަކީ އެމަނިކުފާނުގެ އެއްބަނޑު އެއްބަފަހާ ނުވަ ބޭފުޅުންގެ ތެރެއިން އެންމެ ހަގު ބޭފުޅާ އެވެ.

މަހާތީރަށް 101 އަހަރު ފުރުނުއިރު އެމަނިކުފާނުގެ އަނބިކަނބަލުން ޑރ ހަސްމާ އަލީއަށް މީގެ ދެ ދުވަސް ފަހުން 100 އަހަރު ފުރޭނެ އެވެ.

މި ދެ ބޭފުޅުން ހިމެނިވަޑައިގެންފައި ވަނީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެންމެ ދުވަސްވީ ދެމަފިރިކަނބަލުންގެ ގޮތުގަ އެވެ.

ޑރ. މަހާތީރު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގައި 22 އަހަރު ހޭދަކުރައްވާފަ އެވެ. ވަރަށް ދިގު މުއްދަތަކަށް ފަހު އެންމެ ފަހުން ބޮޑުވަޒީރު ކަމުގެ މަޤާމަށް ވަޑައިގެންނެވީ އުމުރުފުޅުން ވަރަށް ދޮށިފުޅުވެފައި ވަނިކޮށް 2018 ވަނަ އަހަރު އެވެ. ނަަމަވެސް ދެ އަހަރެއްހާ ދުވަސް ފަހުން އެމަނިކުފާނު ވެރިކަން ވެއްޓުނެވެ.

އޭގެ ފަހުން ފުރަތަމަ ފަހަރަށް ޢާންމު އިންތިޚާބެއްގައި ނާކާމިޔާބީއާ ކުރިމަތިލައްވަންވެސް ޖެހިވަޑައިގަތެވެ. މިއީ މަހާތީރުގެ 70 އަހަރުގެ ދިގު ސިޔާސީ ޙަޔާތްޕުޅުގައި އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މަހާތީރުގެ އުފަން ދުވަހާއި ދިމާކޮށް ވަރަށް ގިނަ ބަޔަކު ގެންދަނީ ތަހުނިޔާ ފޮނުއްވަމުންނެވެ. އޭގެ ތެރޭގައި ޤައުމުތަކުގެ ލީޑަރުންނާއި މެލޭޝިޔާގެ އާންމު ރައްޔިތުން ހިމެނެ އެވެ. މަހާތީރަކީ މެލޭޝިޔާގެ ގިނަ ރައްޔިތުންގެ މެދުގައި އަދިވެސް ވަރަށް މަޤުބޫލު ލީޑަރެކެވެ. އުމުރުފުޅުން ދޮށިފުޅުވީ ނަމަވެސް އަދިވެސް ދޭތެރެ ދޭތެރެއިން އާންމު ބައްދަލްވުންތަކުގައި ބައިވެރިވެވަޑައިގަންނަވަަ އެވެ.

އެންމެ ފަހުން އާންމުންނާއި ބައްދަލު ކުރައްވާފައިވަނީ މީގެ ދެތީން ދުވަސް ކުރީންނެވެ.

ކިޔުންތެރިންގެ ހިޔާލު