ENGLISH
10 ޖުލައި 2026
އދ. ދިއްދޫގައި ތަރައްޤީކުރި ފުޓްސަލް ދަނޑު ހުޅުވައިފި
10 ޖުލައި 2026
|
އދ. ދިއްދޫގައި ތަރައްޤީކުރި ފުޓްސަލް ދަނޑު ހުޅުވުން --
އެންމެ މަޤްބޫލު
އދ. ދިއްދޫގައި ތަރައްޤީކުރި ފުޓްސަލް ދަނޑު ހުޅުވައިފި އެވެ.
މި ދަނޑު ހުޅުވައިދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
ސަރުކާރުން ދިއްދޫގައި ތަރައްޤީކުރި އައު ފުޓުސަލް ދަނޑު ރަސްމީކޮށް ހުޅުވާފައިވަނީ އެކަމަށްޓަކައި އެ ރަށުގައި މިއަދު ހަވީރު އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން އެމްޓީސީސީގެ ޑީއެމްޑީ އަހުމަދު މުބީންގެ އާއި ދިއްދޫ ކައުންސިލްގެ އިސްވެރިން އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.
އދ. ދިއްދޫ ފުޓްސަލް ދަނޑު ހުޅުވުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުން ކަމަށެވެ. އެގޮތުން ރަށުގައި ތިބެގެން އެކި ކުޅިވަރުތައް ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި މިހާރުވެސް މުޅި ރާއްޖެ ހިމެނޭގޮތުން ގިނަ ޕްރޮޖެކްޓްތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވި އެވެ. ރަށްރަށުގައި ހުޅުވަމުންދާ ފުޓްސަލް ދަނޑުތަކުން މޮޅެތި ގިނަ ކުޅުންތެރިންތަކެއް މުޖުތަމައަށް ނިކުމެ ގިނަ ޒުވާނުންނަކަށް ފުރުސަތުތައް ފަހިވެގެންދިޔުމަކީ ސަރުކާރުން މިކަމަށް ދެއްވާ އަހަމިއްޔަތު ފެނިގެންދާކަމެއްކަމަށް ވަޒީރު ވިދާޅުވި އެވެ.
ފައްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް ދިއްދޫ ގައި ފުޓުސަލް ދަނޑު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.