ENGLISH

10 ޖުލައި 2026

Advertisement

ރާއްޖެއަށް އިސްކަންދީ ގްލޯބަލް އެއާލައިންސްގެ ދަތުރުތައް ފަށަނީ

10 ޖުލައި 2026

|

އައިމިނަތު ޝަފާ

އިނގިރޭސިވިލާތުގެ އައު އެއާލައިނެއް ކަމަށްވާ "ގްލޯބަލް އެއާލައިންސް"ގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ. 

ރިޕޯޓުތައް ބުނާގޮތުން މި ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަނީ އަންނަ ނޮވެމްބަރު/ ޑިސެމްބަރު މަހުގެ ބަންދުތެރޭގައެވެ. މި ދަތުރުތައް ކުރާނީ އެ ކުންފުނީގެ އެއާބަސް އޭ380 މަރުކާގެ ބޯޓުތަކުގައެވެ. 

ގްލޯބަލް އެއާލައިންސްއިން ކުރިން ނިންމާފައި އޮތީ ނިއުޔޯކާއި ލޮސް އެންޖެލެސްއަށް ދަތުރުތައް ފެށުމަށެވެ. ނަމަވެސް މިހާރު ވަނީ އެ ނިންމުން ބަދަލުކޮށް ރާއްޖެއަށް އިސްކަންދޭން ނިންމާފައެވެ.

މިކަމާ ގުޅިގެން އެއާލައިންގެ ބާނީ ޖޭމްސް އެސްކިއުތު ވިދާޅުވީ ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލަން ގިނަ ބަޔަކު ބޭނުންވާ ހުވަފެނީ މަންޒިލެއްކަމަށެވެ. މި ސަބަބަށްޓަކައި އިނގިރޭސިވިލާތުން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް އިތުރުކުރަން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ގްލޯބަލް އެއާލައިންސްއިން ވަނީ އިތުބާރުހުރި ދަތުރުތަކެއް ތަރުތީބުކުރުމަށްޓަކައި އެއާލައިންގެ ފްލީޓަށް އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތްވެސް ފަށާފައެވެ. 

ނަމަވެސް، މި ދަތުރުތައް ފެށުމާ މެދު އޭވިއޭޝަން ދާއިރާގެ މާހިރުންގެ މެދުގައި ބައެއް ސުވާލުތައް ވަނީ އުފެދިފައެވެ. ސަބަބަކީ ގްލޯބަލް އެއާލައިންސް އަށް އަދިވެސް އެއާ އޮޕަރޭޓަރ ސެޓްފިކެޓް ލިބިފައި ނުވުމެވެ. ނަމަވެސް އެއާލައިނުން ބުނީ އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމެއްގެ ހުއްދައިގެ ދަށުން ވެސް ދަތުރުތައް ކުރެވިދާނެ މަގުތައް އެބަހުރި ކަމަށެވެ. 

އިނގިރޭސިވިލާތަކީ މިހާރު ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްްކުރާ ގައުމެވެ. އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެއަށް 89,242 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު