ENGLISH
10 ޖުލައި 2026
އެއިޓީން ތާޓީ ކްލަސިކް: އެސްޓީއޯ އާއި ޗެމްޕިއަން ޕްރިޒަން ކުލަބަށް މޮޅެއް
09 ޖުލައި 2026
|
އެއިޓީން ތާޓީ ކްލަސިކުގައި އެސްޓީއޯ އާއި ހެލްތު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ ދެވަަނަ ފަންތީގެ މުބާރާތް، އެއިޓީން ތާޓީ ކްލަސިކް 2026 ގައި މިރޭ ކުޅުނު މެޗުތަކުން އެސްޓީއޯ ރެކްރިއޭޝަން ކުލަބާއި، އެންމެ ފަހުގެ ޗެމްޕިއަން ޕްރިޒަން ކުލަބު މޮޅުވެއްޖެއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 9 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ.
މި މުބާރާތުގެ ގްރޫޕް އޭގައި މިރޭ ކުޅުނު ފުރަތަމަ މެޗުން އެސްޓީއޯ މޮޅުވީ ހެލްތު ރެކްރިއޭޝަން ކުލަބު އަތުން ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެސްޓީއޯގެ ފާތިމަތު ނިހާމާ ހެޓްރިކެއް ހެދިއިރު، ޝިޔާނާ އަޙްމަދު ޒުހައިރު ވަނީ ދެ ލަނޑު ޖަހާފައެވެ. އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އައިޝަތު ސަމާ އާއި، މަލްދާ ނަސީމެވެ. އަދި ހެލްތުގެ މަރިޔަމް ޔަނާ ތޮލާލް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.
އެއިޓީން ތާޓީ ކްލަސިކުގައި ޕްރިޒަަން އާއި ކުޅިވަރާ ބެހޭ ވުޒާރާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ ޕްރިޒަންއިން ވަނީ ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޕްެރިޒަންގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފާތިމަތު އިނާޝާ އާދަމެވެ.
މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތް ޕްރިޒަން އާއި، ދެވަނައިގައި އޮތް އެސްޓީއޯއަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ކުޅިވަރާ ބެހޭ ވުޒާރާ އާއި، ހަތަރުވަނައިގައި އޮތް ހުޅުމާލެ ހޮސްޕިޓަލް އަދި ފުލުގައި އޮތް ހެލްތަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.