ENGLISH

10 ޖުލައި 2026

Advertisement

އެއިޓީން ތާޓީ: ބިސް ބުރު އަތުން ޗެމްޕިއަން ސިފައިންގެ ކުލަބަށް މޮޅެއް

09 ޖުލައި 2026

|

އިސްމާއިލް ޝާހު

އެއިޓީން ތާޓީގައި ބިސް ބުރާއި ސިފައިންގެ ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތް، އެއިޓީން ތާޓީ 2026 ގައި މިރޭ ބިސް ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) މޮޅުވެއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ އެއިޓީން ތާޓީގައި ތިން ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ޑީއެސްސީ، ކުލަބު ވެމްކޯ އަދި ބިސް ބުރު ސްޕޯޓްސް ކުލަބެވެ. އެއާއެކު މުބާރާތުގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުން ދެ ލެގު ކުޅުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅުނު މެޗުން ސިފައިންގެ ކުލަބު މޮޅުވީ ބިސް ބުރު އަތުން 6-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސިފައިންގެ ކުލަބުގެ ސުމައްޔާ މަތުސުޝިމާ ހެޓްރިކެއް ހެދިިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ މައީޝާ އަބްދުލް ހަންނާން، ޝަހުފާ ޝިއުތު އަދި މަރިޔަމް ރިފާއެވެ. ބިސް ބުރުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަގްނެސް އަދި އައިޝަތު ޝަޒްފީނެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ސިފައިންގެ ކުލަބު ޖެހިލީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. މުބާރާތުގެ ފުރަތަމަ މެޗުން ސިފައިންގެ ކުލަބު ވަނީ ވެމްކޯ އަތުން 5-3 ގެ ނަތީޖާއަކުން ބަލިވެފައެވެ. ދެވަނައިގައި އޮތް ވެމްކޯއަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ބިސް ބުރަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރެވެ.

  • ވެމްކޯ - ބިސް ބުރު (16:15)
ކިޔުންތެރިންގެ ހިޔާލު