ENGLISH

10 ޖުލައި 2026

Advertisement

ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓްވެ ފަސް މީހަކަށް އަނިޔާވެއްޖެ

09 ޖުލައި 2026

|

އަޙުމަދު ޙަމީދު

އެކްސިޑެންޓްގައި ގެއްލުންވި ލޯންޗެއް --

ކަނޑުމަތީގައި ހިނގި އެކްސިޑެންޓެެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާއި ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލެ، ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ މައުލޫމާތު މިރޭ 21:16 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

​މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ކަނޑުމަތިން ދެ އުޅަނދެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ހިމެނޭ އަނެއް ކަނޑުއުޅަނދު ވަނީ އެކްސިޑެންޓަށް ފަހު މަޑުނުކޮށް ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.

​މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު