ENGLISH
10 ޖުލައި 2026
ބުރު ސްޕޯޓްސްގެ ކޯޗުގެ މަގާމުން ނިޒާމްބެ ވަކިވެއްޖެ
09 ޖުލައި 2026
|
ބުރު ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމުން ވަކިވި މުޙައްމަދު ނިޒާމް (ނިޒާމްބެ) --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ބުރު ސްޕޯޓްސް ކުލަބާއެކު އެ ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދެ ބފަރާތުގެ މަޝްވަރާއަށްފަހު އެއްބަސްވުން އައުނުކުރުމަށް ނިންމައިފިއެވެ.
ބުރު ސްޕޯޓްސްއިން 2023 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރަން ފެށިފަހުން، މިހާތަނަށް އެ ޓީމަށް އިރުޝާދުދިނީ ނިޒާމްބެއެވެ. ބުރު ސްޕޯޓްސްއާއެކު ނިޒާމްބެ ރަނގަޅު މަސައްކަތްތަކެއް ކުރިއިރު، އެ ޓީމާ ވަކިވިކަން އިއުލާންކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
ނިޒާމްބެ ބުނީ، "މި ފުރުސަތުގައި ކުލަބުގެ މެނޭޖުމަންޓަށާއި، ކުޅުންތެރިންނަށާއި، ޓެކްނިކަލް ސްޓާފުންނަށާއި، ސަޕޯޓަރުންގެ އިތުރުން މި ދަތުރުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ އިޚްލާސްތެރި ޝުކުރު ދަންނަވަން. މި ކުލަބަށް ޚިދުމަތްކުރުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" ކަމަށެވެ.
ބުރު ސްޕޯޓްސްއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "މި ކްލަބުގެ މެނޭޖުމަންޓުގެ ފަރާތުން، އަޅުގަނޑުމެންގެ ކޯޗު ކުލަބަށް ކޮށްދެއްވި އިޚުލާސްތެރި ޚިދުމަތްތަކަށާއި، ބެހެއްޓެވި ސާބިތުކަމަށްޓަކައި ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ކަމަށެވެ.
ބުރު ސްޕޯޓްސްއިން ވަކިވާން ނިޒާމްބެ ނިންމިއިރު، މި އަހަރުގެ އޭޕްރީލް މަހު ބްލޫ ސްޕޯޓްސް ކުލަބު 3-1 ގެ ނަތީޖާއަކުން ބަލިކޮށް، ބުރު ސްޕޯޓްސްއިން އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޯދި މެޗަށްފަހު ނިޒާމްބެ ވަނީ އަންނަ ސީޒަނުގައި އެއްވެސް ޓީމަކުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ބުނެފައެވެ. އަދި ވިސްނުން ހުރީ، ފުޓްބޯޅައާ ދުރަށް އެހެން ދިމާލަކަށް ދިއުން ކަމަށްވެސް ނިޒާމްބެގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ލ. ކަލައިދޫ ފުޓްބޯޅަ ޓީމު، ވިޔަންސާ، ޓީސީ ސްޕޯޓްސް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކޯޗުކޮށްދިން ނިޒާމްބެ ވަނީ ބަންގްލަދޭޝް ޕްރިމިއަރ ލީގުގެ ސައިފް ސްޕޯޓިން ކުލަބަށްވެސް ކޯޗުކޮށްދީފައެެވެ. އޭގެ އިތުރުން ޤައުމީ އަންހެން ފުޓްބޯޅަ ޓީމާއި، ޔޫތު ޤައުމީ ޓީމުތަކަށް ބަލާއިރު، 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީމަށްވެސް ވަނީ ކޯޗުކޮށްދީފައެވެ.