ENGLISH
21 އޭޕްރީލު 2025
އޮފީސްތަކުގެ ޕްރޮކިއުމަންޓް ޕްލޭން ޖެނުއަރީގެ ނިލަށް ނިންމައި ފިނޭންސަށް ފޮނުވަން އަންގަވައިފި
27 ޑިސެމްބަރު 2024
|
މާލީ ވުޒާރާ
އަހަރު ދުވަހަށް ލަފާކުރާ އޮފީސްތަކުގެ ޕްރޮކިއުމެންޓް ޕްލޭން ތައްޔާރުކޮށް އަންނަ ޖެނުއަރީ މަހު ނިންމައި މާލީ ވުޒާރާއަށް ހުށައެޅުމަށް އެ ވުުޒާރާއިން އަންގަވައިފިއެވެ.
މާލީއްޔަތު ޤަވާއިދުގެ ދަށުން ދައުލަތުގެ އޮފީސްތަކަށް އާންމުކޮށް ބޭނުންވާ ތަކެއްޗާއި ވަކި ކަމަކަށް ބޭނުންކުރާ ޚާއްޞަ ތަކެތި ގަތުމަށާއި، މަސައްކަތް ކުރުވުމަށާއި، ޚިދުމަތް ހޯދުމުގައި މަރުކަޒީ އުސޫލުން މުޅި ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ ޚިދުމަތް ހޯދުމަށާއި މަސައްކަތްތައް ކުރުމުގެ ކަންކަން ހިންގާނެ ގޮތް ހަމަޖެއްސުމުގެ ބާރު މާލީ ވުޒާރާއަށް ލިބެއެވެ.
އެގޮތުން މި ޕްލޭން ތައްޔާރުކުރަން ޖެހެނީ ބަންޑޭރި ޕޯޓަލްގެ ޕްރޮކިއުމެންޓް މޮޑިއުލް މެދުވެރިކޮށެވެ.
އޮފީސްތަކުގެ ޕްރޮކިއުމެންޓް ޕްލޭންގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މާލީ ވުޒާރާއިން ވަނީ އަންގާފައެވެ. މީގެ އިތުރުން ކައުންސިލްތަކުގެ ޕްރޮކިއުމެންޓް ޕްލޭންތައް ނިންމަން ޖެހޭ ފަހު ތާރީޚަކީ 26 ޖެނުއަރީ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.