ENGLISH
21 އޭޕްރީލު 2025
ފެން ބޮޑުވުން ޙައްލުކުރުމުގެ މަސައްކަތް ކުރާތީ މަޖީދީ މަގުގެ ޓްރެފިކަށް ބަދަލު ގެނެސްފި
27 ޑިސެމްބަރު 2024
|
މާލޭ އަމީނީ މަގު މަރާމާތުކުރުމުގެ ތެރެއިން....
މަޖީދީ މަގު ވަކި ހިސާބަކުން ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
މާލެ ސިޓީގެ މަގުތަކުގައި ހަލާކުވެފައިވާ ސަރަހައްދުތައް ދެނެގަތުމަށް ސިޓީ ކައުންސިލުން ކުރި ސާވޭއިން ފާހަގަކުރެވުނު ސަރަހައްދުތައް ބްލޮކްތަކަކަށް ބަހާލައިގެން މަރާމާތުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން، ހަވީރީ ހިނގުމުގައި ހުރި އެފަދަ ސަރަހައްދުތައް ވަނީ މަރާމާތުކޮށް ނިންމައިފައެވެ.
އެ މަސައްކަތަށް ފަހު މާލެ ސިޓީ ކައުންސިލުން އެންމެ އިސްކަމެއްދީފައި ވަނީ ވާރޭވެހި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތައް މަރާމާތު ކުރުމަށެވެ. އެގޮތުން ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ކުރަމުންދަނީ މަޖީދީމަގުގެ މާލެ ގްރޭންޑް ކުރިމަތީގައި ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ. މި މަސައްކަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 28 ޑިސެމްބަރު 2024 އިން ފެށިގެން 04 ޖަނަވަރީ 2025 ގެ ނިޔަލަށެވެ.
މާލެ ސިޓީ ކައުންސިލުން އާންމުކުރި ޓްރެފިކް ފްލޯއަށް ގެނެވިފައިވާ ބަދަލު އެނގޭނެ ޗާޓު
ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށެވެ. މިބަދަލުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިކަމަށްޓަކައި ކައުންސިލުންވަނީ ޓްރެފިކް ފްލޯއަށް ގެނެވިފައިވާ ބަދަލު އެނގޭނެ ޗާޓެއް ވެސް އާންމުކޮށްފަ އެވެ.