ENGLISH

08 ޖުލައި 2026

Advertisement

ޕީސީބީގެ މެމްބަރުކަމަށް ޒައިނާ އައްޔަންކުރަން ރުހުންދީފި

08 ޖުލައި 2026

|

އައިމިނަތު ޝަފާ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަނުކުރި ގއ. ދާންދޫ، އަމާޒް، ޒައިނާ އަބްދުﷲ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަނުކުރި ގއ. ދާންދޫ، އަމާޒް، ޒައިނާ އަބްދުﷲ، އަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. 

ޕީސީބީއަށް ބޭފުޅަކު އައްޔަންކުރަން ބޭނުންވަނީ، 29 މެމްބަރުންގެ ވޯޓެވެ. 

އެ މަގާމަށް ޒައިނާ އައްޔަންކުރަން ރުހުންދޭން ފެންނަ ކަމަށް 47 މެމްބަރުން އަދި ރުހުންދޭން ނުފެންނަ ކަމަށް 10 މެމްބަރުން ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ މެމްބަރަކު ނެތެވެ. އެހެންކަމުން ޒައިނާ އެ މަގާމަށް އައްޔަންކުރަން ރުހުން ދިނުމަށް ވަނީ ފާސްވެފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޒައިނާ އައްޔަނުކުރީ މި މަހުގެ 23 ވަނަ ދުވަހުއެވެ. 

ޒައިނާ އަކީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި، ޚާއްޞަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ. އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ މަޤާމަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިން އެވެ. މި މަޤާމުގައި އޭނާ އިސްކޮށް ބަލަހައްޓަވަނީ ބޭންކުގެ ކޯޕަރޭޓް ފައިނޭންސިން އޮޕަރޭޝަންތަކާއި، ކްރެޑިޓް އިވެލުއޭޝަން، ފައިނޭންސިން ލިޔެކިޔުންތަކާއި ހުއްދަތައް ދިނުމުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި މަޝްރޫޢުތަކަށް ދޫކުރެވޭ ފައިނޭންސިންއާ ގުޅޭ އެންމެހައި ކަންކަމެވެ.

އެމް.އައި.ބީ އާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ ސީނިއަރ އޮފިސަރެއްގެ މަޤާމު ފުރުއްވާފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުމާއި، މާލީ ބަޔާންތަކާއި ބަޖެޓުތަކުގެ އިތުރުން ބިޒްނަސް ޕްލޭންތައް ދިރާސާކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މި ތަޖުރިބާގެ ސަބަބުން ކޯޕަރޭޓް ގަވަރނަންސް އާއި ދައުލަތުގެ އިދާރީ އިޞްލާޙީ ބަދަލުތަކުގެ ދާއިރާއިން އޭނާއަށް ވަނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތާއި ތަޖުރިބާ ލިބިވަޑައިގެންފައެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ޒައިނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (INCEIF) އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފައެވެ. އަދި އިންޑިއާގެ ޔުނިވަރސިޓީ އޮފް ޕޫނޭ އިން ބެޗްލަރ އޮފް ކޮމާސް ހާސިލުކުރައްވާފައިވެއެވެ. އޭނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިން، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވަނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު