ENGLISH
08 ޖުލައި 2026
ހޯރަފުށިން ތެލުގެ ވިޔަފާރިކުރަން ގަވާއިދާ ހިލާފަށް ބިން ދޫކުރި މައްސަލަ ޕީޖީ އޮފީހުން ބަލައިގަނެފި
08 ޖުލައި 2026
|
ހޯރަފުށީ ކައުންސިލުގެ ކުރީގެ ރައީސް
އެންމެ މަޤްބޫލު
ހއ.ހޯރަފުށިން ތެލުގެ ވިޔަފާރިކުރުމަށް ބޮޑު ބިމެއް ގަވާއިދާ ހިލާފަށް ކުއްޔަށް ދޫކުރި މައްސަލާގައި އެ ރަށުގެ ކައުންސިލުގެ ކުރީގެ މެންބަރުންނާ ދެކޮޅަށް ދައުވާކޮށްދިނުން އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އެ އޮފީހުން ބަލައިގަނެފިއެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައަކީީ ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރުމަށް، ރާއްޖޭގެ އެންމެ ބޮޑު ތެޔޮ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް، ގަވާއިދާ ހިލާފަށް އެ ރަށުން 5،000 އަކަފޫޓުގެ ބޮޑު ބިމެއް ދޫކުރި މައްސަލަ ކަމަށެވެ.
މި މައްސަލާގައި އޭސީސީންވަނީ ހޯރަފުށީ ކައުންސިލުގެ ކުރީ ދައުރުގެ ރައީސް މުހައްމަދު ވަހީދާއި، ނައިބުރައީސް އަހްމަދު އިމްދާހާއި، ކައުންސިލުގެ މެންބަރުންކަމަށްވާ އިބްރާހީމް ޝާކިރާއި، އަހުމަދު ރައޫފާއި، މަރްޔަމް ވަކީލާއާއި އައިމިނަތު ވިސާމާއާއި އާމިނަތު ނާސިހާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައެވެ.
އޭސީސީން މައުލޫމާތުދިން ގޮތުގައި މި އެންމެންގެ މައްޗަށް އުފުލައިދިނުމަށް އެ ކޮމިޝަނުން އެދިފައިވަނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ބޭނުންކޮށްގެން ނަހަމަ ގޮތުގައި މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.