ENGLISH
08 ޖުލައި 2026
ފުލަމްގެ އައު ކޯޗަކަށް އާބެލޯއާ
08 ޖުލައި 2026
|
ފުލަމްގެ ކޯޗުގެ މަގާމަށް ހަމަޖެއްސި އަލްވާރޯ އާބެލޯއާ ---
އެންމެ މަޤްބޫލު
ފުލަމްގެ ހެޑް ކޯޗުގެ މަގާމަށް އަލްވާރޯ އާބެލޯއާ އައްޔަންކޮށްފިއެވެ. އުމުރުން 43 އަހަރުގެ އާބެލޯއާ މި މަގާމަށް ހަމަޖެއްސީ، އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި މާކޯ ސިލްވާ، އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި ގުޅިގެން، މަގާމުން ވެކިވުމުންނެވެ. މާކޯ ވަނީ ބެންފީކާއާގެ ކޯޗުކަމާއި ހަވާލުވެފައެވެ.
ރެއާލް މެޑްރިޑުގެ ކޯޗުކަމަށް ޖޯސޭ މޮރީނިއޯ އައްޔަންކުރުމާ ގުޅިގެން މަގާމުން ވަކިވި އާބެލޯއާއަކީ، ކުޅުންތެރިއެއްގެ ގޮތުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ލިވަޕޫލް އަދި ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެފައިވާ ތަޖުރިބާކާރެކެވެ.
ފުލަމްގެ އައު ކޯޗުގެ ގޮތުގައި އާބެލޯއާ އެ ކުލަބާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
ފުލަމްގެ ކޯޗުކަމާ ހަވާލުވުމަށްފަހު އާބެލޯއާ ބުނީ، ލަންޑަނުގެ އެންމެ ދުވަސްވީ ކުލަބު ކަމަށްވާ ފުލަމްއާ ގުޅި، އޭނާގެ ކެރިއަރުގެ އައު މަރުހަލާއެއް ފެށުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އޭނާ ބުނީ މިއީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި، ޕްރިމިއަރ ލީގުގައި ވާދަކުރާ ފުލަމްގެ ކޯޗުކަން އެނާއަށް ހަވާލުކޮށް، ފުލަމްގެ ޗެއާމަން ޝާހިދު ޚާން އަދި ޓޯނީ ޚާން ކުރެއްވި އިތުބާރަށްޓަކައި ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
އާބެލޯއާ ރެއާލްގެ ޒުވާން ޓީމުގެ ކޯޗުކަމުގައި ހުރުމަށްފަހު، އެ ޓީމުގެ ސީނިއަރ ޓީމާ ހަވާލުވެފައިވަނީ ޒަބީ އެލޮންސޯ މަގާމުން ވަކިކުރުމަށްފަހު ވަގުތީ ގޮތުންނެވެ. އެގޮތުން އޭނާގެ ކޯޗުކަމުގެ ދަށުން ރެއާލް ވަނީ 28 މެޗު ކުޅެފައެވެ. އަދި ސީޒަން ނިންމާލީ ލީގުގެ ދެވަނައިގައި އޮވެގެންނެވެ.