ENGLISH
08 ޖުލައި 2026
ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
08 ޖުލައި 2026
|
ހުޅުމާލެ ވިނަރެސް ފުލެޓްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން މީހާ ފޮޓޯ: ޕޮލިސް
އެންމެ މަޤްބޫލު
ހުޅުމާލެ ފޭސް ދޭއް ގައި ހުންނަ ވިނަރެސް ފުލެޓް 9 ގެ ދެވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ހަވީރު ވަގުތެއްގައެވެ. މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެ ތަނަށްގޮސް ބެލިބެލުމުން، ކަރަންޓު ފޮށިތަކަށް ގެންލުންދީ، އާރތު ނަރުތައް ބުރިކޮށް އަދި ކޮޕަރ ފޮތިތައް ވަގަށްނަގާފައިވާ ކަން އެނގިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ގދ. ތިނަދޫ / ލުކިންގްލާސް، ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނި މި މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.