ENGLISH

08 ޖުލައި 2026

Advertisement

އެމްޑީޕީ ވެރިކަމުގައި ކުންފުނިތައް ބަނގުރޫޓްވާ ހިސާބަށް ދިޔައީ ޗެނަލްތައް ދިމާނުވާތީ: ސުޖާއު

08 ޖުލައި 2026

|

ުހުސައިން މަޚްތޫމް

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ - ފޮޓޯ: މަޖިލިސް

އެމްޑީޕީ ވެރިކަމުގައި ދައުލަތުގެ ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ދިޔައީ ޗެނަލްތައް ދިމާނުވާތީ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުހެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވީ ޕީސީބީއާއި ދައުލަތުގެ އުފެދިފައި ހުރި ކުންފުނިތަކާއި، ޗެނަލް ދިމާނުވާކަމުގައިވާނަމަ، ޕީ.ސީ.ބީ އޮތުމުގެ މާނައެއް ނެތް ކަމަށެވެ. އެމް.ޑީ.ޕީގެ ވެރިކަމުގައި ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ދިޔައީ އެ ޗެނަލް ދިމާނުވާތީ ކަމަށް މެންބަރު ވިދާޅުވިއެވެ. 

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފިނޭންސް މިނިސްޓްރީގެ ނަމަށް އިޝާރާތްކުރައްވާ ޝުޖާއު ވިދާޅުވީ ފިނޭންސް މިނިސްޓްރީއާއި ކުންފުނިތަކާއި އޮތީ ގުޅިފައި ކަމަށެވެ. އެހެންކަމުން ކުންފުނިތަކުގެ ކަންކަން ހިނގާނީ ބާރަބަރަށް އޮޑިޓް ކުރެވި މޮނިޓަރ ކުރެވިގެން ކަމަށެވެ. 

"އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ ބެލިއިރު ފެނަކަ އޮޑިޓްނުކޮށް 4 އަހަރު. އާރު.ޑީ.ސީގެ ތިޖޫރީ 3 ފަހަރު ޖެހިޖެހިގެން އެއް ތިޖޫރީއެއް ގެއްލިފަ. ކޮންމެ ތަނެއްގެ ކެމެރާ ބަރާބަރަށް ހަރުކުރެވިފަ. އާރު.ޑީ.ސީ.ގެ އޮޑިޓް ނުކުރެވިގެން މި އުޅެނީ އިއްޒަތްތެރި ރައީސް. ތި މާލިއްޔަތު ކޮމިޓީ މުޤައްރިރު، ޑރ. ޝަމްހީދު، ކޮމިޓީގެ މެންބަރެއް، ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުލްޣަފޫރު، ކޮމިޓީގެ މެންބަރެއް. ރަނގަޅަށް އެނގިވަޑައިގަންނަވާނެ، މި ކުންފުނިތައް އޮޑިޓްނުކުރެވޭނެ. ސިސްޓަމު ވަގަށް ނެގީ. ކުންފުނިތަކުގެ ސިސްޓަމު ވަގަށް ނެގީ އިއްޒަތްތެރި ރައީސް. އެހެންވީމާ، މި ހާލަތުގައި އޮތް ކުންފުނިތަކެއް ހިނގަމުންދިޔައިރު، އެމް.ޑީ.ޕީ ވެރިކަމުގައި އޮތީ ޕީ.ސީ.ބީ ނިދާފައި އިއްޒަތްތެރި ރައީސް، ޕީ.ސީ.ބީން ކުރަންޖެހޭ ކަންކަން ތަފްޞީލުކޮށް މެންޑޭޓްގައި ލިޔެފައި އޮވޭ،" މެންބަރު ސުޖާއު ވިދާޅުވިއެވެ. 

މެންބަރު ސުޖާއު ވިދާޅުވީ މިއަދު ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ލައިން މިނިސްޓްރީއާ ދިމާވާނެ ކަމަށެވެ. އަދި ބަރާބަރަށް ކުންފުނިތައް ރައިޓް ސައިޒްކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރެވެމުންދާ ކަމަށާއި، އެމް.ޑީ.ޕީން 2023 ގެ އިންތިޚާބަށް އައިއިރު ފުނިފުންޏަށް ބަންޑަލިބަންޑެއްޔަށް ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ލަމުންދިޔަ ކަމަށެވެ. އެކަމުގެ ހައްދެއް ވިސްނުމެއް ނެތް ކަމަށާއި، ޕީ.ސީ.ބީ އޮތީ، ނިދާފައި ކަމަށެވެ. 

މެންބަރު ސުޖާއު ވިދާޅުވީ ޕީ.ސީ.ބީގެ މެންޑޭޓު ބަރާބަރަށް ހިންގަން ފަށާފައިވާ ކަމަށާއި، އެކަން ހިނގަން ފެށީ މި ސަރުކާރު އައި ފަހުން ކަމަށެވެ. އަދި ކުންފުނިތައް އޮޑިޓް ކުރަމުން އަންނަ އިރު، ނިމިގެންދިޔަ އެމް.ޑީ.ޕީ ވެރިކަމުގައި ނުކޮށް ހުރި އޮޑިޓްތައް ވެސް މި ސަރުކާރުން ކުރަމުންދާނެ ކަމަށް ސުޖާއު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު