ENGLISH

08 ޖުލައި 2026

Advertisement

ހަ މަސްދުވަސް ތެރޭ މަސްވެރިންނަށް 210 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

08 ޖުލައި 2026

|

އައިމިނަތު ޝަފާ

މަސްވެރިކަން ކުރާ ބައެއް

އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މަސްވެރިންނަށް 210 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. 

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ވައުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.

ސަރުކާރުގެ މަސް ކުންފުނި -- މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ކިރުވި 11،959.49  ޓަނުގެ މަހަށް ޖުމްލަ 210،116،783.6 ( ދުއިސައްތަ ދިހަ މިލިއަން އެއް ލައްކަ ސޯޅަ ހާސް ހަތް ސަތޭކަ އަށްޑިހަ ތިން ރުފިޔާ ހަ ލާރި) ދޫކޮށްފައިވެއެވެ. މިއަހަރު މަސްވެރިކަން އެންމެ ރަނގަޅީ، އޭޕްރީލް މަހުއެވެ. އެ މަހު މިފްކޯއަށް 4،414.05 ޓަނުގެ މަސް ކިރުވާފައިވެއެވެ. އޭޕްރީލް މަހު މަސްވެރިންނަށް 78.8 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.

ފާއިތުވި 6 މަސްދުވަހު މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ހިސާބުތައް: 

ޖަނަވަރީ - 40،396،111.60

ފެބުރުއަރީ - 19،084،663

މާޗް - 29،384،200

އޭޕްރީލް - 78،778،405

މެއި - 31،141،013

ޖޫން - 11،332،391    

މިދިޔަ ދުވަސްތަކުގައި އެންވެރިކަން ދަށްވުމާ ގުޅިގެން ރާއްޖޭގެ ސަރަހައްދަށް މަސްވެރިކަން ދަށްވުމަށްފަހު މިހާރު މަސްވެރިކަން އަންނަނީ ރަނގަޅުވަމުންނެވެ. މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 50 ޓަނުގެ މަސް މިފްކޯއަށް ކިރުވައެވެ. މިފްކޯއިން ބުނީ މިވަގުތު މަސްވެރިކަން އެންމެ ރަނގަޅި ޅ. އަތޮޅުގައިކަމަށެވެ. ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން މަސްވެރި އާއިލާތަކަށް މާލީ ގޮތުން ދަތިނުވެ، ހިފަހެއްޓުމެއް ފޯރުކޮށްދިނުމުގެ ގޮތުން މިފްކޯއިން މިހާރު މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ. 

ކިޔުންތެރިންގެ ހިޔާލު