ENGLISH

07 ޖުލައި 2026

Advertisement

މާލޭ ނޯތު ހާބަރގެ "އޭ ޒޯން"ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓް ލިބޭނެ ގޮތް ހަދައިފި

07 ޖުލައި 2026

|

އަޙުމަދު ޙަމީދު

މާލޭ ނޯތު ހާބަރ --

މާލޭ ނޯތު ހާބަރގެ "އޭ ޒޯން" ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ނިޒާމް ޤާއިމްކުުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން ކުރިއަށް ގެންދިޔަ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، "އޭ ޒޯން" އިން ފެނާއި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.

މީގެ ކުރިން މާލެ ނޯތު ހާބަރގެ "އޭ ޒޯން" (ބޮޑުތަކުރުފާނު މަގާވީ ފަރާތް) އިން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެ އެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް މީގެ ކުރިން ފޯރުކޮށްދެނީ "ބީ ޒޯން" އަދި "ސީ ޒޯން" އިންނެވެ.

އެހެން ނަމަވެސް، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢޫގެ ދެވަނަ ސެގްމަންްޓް ފުރިހަމަކޮށް، މާލޭ ނޯތު ހާބަރ ސަރަހައްދު އަލުން ހުޅުުވުމާއެކު ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މާލޭ ނޯތު ހާބަރގެ ޚިދުމަތް ފުޅާކޮށް، "އޭ ޒޯން"ގައި ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަންގަވައިފަ އެވެ. އެހެންކަމުން، މި އަހަރުގެ މާރިޗު މަހުގެ ތެރޭަގައި "އޭ ޒޯން"ގައި ކަރަންޓާއި ފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އެމްޕީއެލް އިން ފެށި އެވެ.

މާލޭ ނޯތު ހާބަރގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މާލޭ ނޯތު ހާބަރ ބޭނުންކުރާ އޮޑި ދޯނި ފަހަރަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމެކެވެ. މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފަ އެެވެ. 

ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް ޤާއިމްކުރުމަށް މާލޭ ނޯތު ހާބަރ އަދި ކުންފުނީގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކުން ވަރަށް ބުރަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު