ENGLISH

07 ޖުލައި 2026

Advertisement

މޯލްޑިވްސް ޕްރޯ 2026 ރަސްމީކޮށް ލޯންޗުކޮށްފި

07 ޖުލައި 2026

|

އިސްމާއިލް ޝާހު

މޯލްޑިވްސް ޕްރޯ 2026 ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

އިންޓަރނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ވޯލްޑް ޓުއަރ ގައި ހިމެނޭ މޯލްޑިވްސް ޕްރޯ 2026 ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

ހ. ބޯޅަގޭގެ ސެމިނާ ހޯލުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި މުބާރާތް ރަސްމީކޮށް ލޯންޗުކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި އަހަރުގެ މޯލްޑިވްސް ޕްރޯ ރަސްމީކޮށް ލޯންޗުކުރުމުގެ ގޮތުން މުބާރާތުގެ ރަސްމީ ޕޯސްޓަރު ވަނީ ދައްކާލާފައެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ރައީސް ހުސައިން ނިޒާމް އާއި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ޕްރޯ 2026 ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މި އަހަރުގެ މޯލްޑިވްސް ޕްރޯ ކުރިއށްދާނީ ކ. ތުލުސްދޫގައި އޮގަސްޓް މަހުގެ 11 އިން 21 ގެ ނިޔަލަށެވެ.

މޯލްޑިވްސް ޕްރޯ 2026 މެދުކެނޑުމަކަށްފަހު ބާއްވާއިރު، މި މުބާރާތް އެންމެ ފުރަތަމަ ރާއްޖޭގައި ބާއްވާފައިވަނީ 2022 ވަނަ އަހަރެވެ. އޭގެ ފަހުން 2023 އަދި 2024 ވަނަ އަހަރުވެސް މި މުބާރާތް ރާއްޖޭގައި ބޭއްވި ނަމަވެސް، މިދިޔަ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

މިދިޔަ ތިން ފަހަރުވެސް މޯލްޑިވްސް ޕްރޯ ބާއްވާފައިވަނީ މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ. މި ފަހަރުގެ މުބާރާތް ތުލުސްދޫގައި ބާއްވާއިރު، މިއީ މި މުބާރާތް މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރެވެ. 

މޯލްޑިވްސް ޕްރޯ 2026 ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މި ފަހަރު ރާއްޖޭގައި އޮންނަ ވޯލްޑް ޓުއަރ އިވެންޓުގައި ފިރިހެނުންގެ ރައިޒިން ސީރީސް ޑިވިޝަނާއި، އަންހެނުންގެ ޕްރައިމް ސީރީސް ޑިވިޝަނުގެ އިތުރުން ފިރިހެނުންގެ ޖޫނިއަރ ރައިޒިން ސީރީސް ޑިވިޝަން ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ.

ތުލުސްދޫގައި މުޅިން އަލަށް މޯލްޑިވްސް ޕްރޯ ބާއްވާއިރު، މީގެ ކުރިންވެސް އެ ރަށުގައި ވަނީ ބައިނަލްއަގުވާމީ މުބާރާތެއް ބާއްވާފައެވެ. އެގޮތުން 2024 ވަނަ އަހަރު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވަނީ ކާމިޔާބުކަމާއެކު އެ ރަށުގައި ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު