ENGLISH
07 ޖުލައި 2026
ސާފްގެ ހިންގާ ކޮމިޓީއަށް އެފްއޭއެމްގެ ނައިބު ރައީސް ކޮކީ
07 ޖުލައި 2026
|
އެފްއޭއެމް ލީގު ކަޕުގެ ތައްޓާއެކު މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) --- ފޮޓޯ: މާޒިޔާ
އެންމެ މަޤްބޫލު
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ހިންގާ ކޮމިޓީގެ މެންބަރުކަމުގެ ފުރުސަތު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އަށް ކަށަވަރުވެއްޖެއެވެ.
ސާފުގެ އިންތިޚާބީ މަގާމުތައް ކަމަށްވާ ރައީސް، ދެ ނައިބު ރައީސުން، ހިންގާ ކޮމިޓީގެ ތިން މެންބަރުން އަދި އަންހެން މެންބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، ކުރިމަތިލާފައިވަނީ ކޮންމެ މަގާމަކަށްވެސް އެކަށީގެންވާ އަދަދަކަށް ކެންޑިޑޭޓުންނެވެ. އެހެންކަމުން އަންނަ މަހުގެ އެއްވަނަ ދުވަހު ބޫޓާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ކޮންގްރެސްއާ އެކު، ކުރިމަތިލެއްވި ހުރިހާ ބޭފުޅުންނަށް މަގާމުތައް ވަނީ ޔަގީންވެފައެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ މާޒިޔާ ހިންގުމުގައި އިސްދައުރެއް އަދާކުރައްވާ ކޮކީއަކީ، 2019 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ އެކި މަގާމުތައް ފުރުއްވަމުން އަންނަ ބޭފުޅެކެވެ.