ENGLISH
21 އޭޕްރީލު 2025
ހެނދުނާ ހަވީރުގެ ޒިކުރުތައް ކުރުމުން ޖިންނީންނާއި އިންސާނުންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިން ރައްކާތެރިވޭ: ޚުތުބާ
27 ޑިސެމްބަރު 2024
|
އިސްލާމީ މަރުކަޒުގަ ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން
ހިތްހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި، ނިދުމުގެ ކުރިން ކުރާ ޒިކުރުތަކާއި، ދުވާލާއި ރޭގަނޑުގެ އެހެނިހެން ވަގުތުތަކުގައި ކުރާ ޒިކުރުތައް ހިމެނޭ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
އެ ޒިކުރުތަކުން މުސްލިމު އަޅާ، މާތް ﷲ ގެ ވާގިފުޅާއެކު، ޖިންނި ޝައިޠާނުންނާއި އިންސާނުންގެ ތެރެއިންވާ ޝައިޠާނުންގެ ނުބައިކަމުން ރައްކާތެރިވާނެ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ޒިކުރުތަކުގެ މާނައާ މެދު ވިސްނައި، އޭގެ ނަތީޖާ އާއި ފައިދާތައް ޔަގީންކުރާނަމަ، އަޅާއަށް މާއްދީ އަދި މައުނަވީ ބާރު އިތުރުވާނެ ކަމަށް ވެސް ޚުތުބާގައި ފާހަގަކޮށް ނަސޭހަތްތެރި ވެފައިވެއެވެ.
"ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުން" މި މައުޟޫއުގެ މައްޗަށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އިއްވި ޚުތުބާގައި ބުނި ގޮތުގައި ހިތްތަކަށް ހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ހެޔޮލަފާ މީހުންނާ އެކު އުޅުމާއި، އެމީހުންގެ ވާހަކަތައް އަޑުއަހައި، އެމީހުންގެ ނަސޭހަތްތަކުގެ ފައިދާހޯދުން ހިމެނެއެވެ. އަދި މިފަދަ މީހުންނާއެކު މަޖިލިސްކުރުމަކީ ރަޙްމާނުވަންތަ ﷲ ރުހިވޮޑިގަންނަވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ހަމައެއާއެކު ހިތްތަކަށް ހިތްހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާ މެދު ވިސްނައި ފިކުރުކޮށް އެ ފޮތް ކިޔެވުން ހިމެނެއެވެ. މިއީ ހިތާމަތައް ފިލުވައި، ކަންބޮޑުވުންތަކާއި ހިތްދަތިކަން ދުރުކުރުމުގައި އެންމެ މަތިވެރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ދިރިއުޅުމުގެ ހަޔާތަކީ ހިތްދަތިކަންކަމާއި ހިތާމަތަކާއި ދަތި އުނދަގޫ ކަންކަން ހިމެނިގެންވާ ހަޔާތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ދަތި އުނދަގުލަށް ފަހު ފަސޭހަކަން އަންނާނެކަން ކަށަވަރު ކަމަށެވެ. ހިތާމަތަކަށް ފަހު، އުފާވެރިކަން އަންނާނެކަން ޔަގީންއިރު އެއީ މި ހަޔާތުގެ ފިޠުރަތުކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން އީމާންކަމުގެ ރުކުނެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ މާޔޫސްވުމާއި އެތައް ނުރައްކަލަކުން އިންސާނާ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމުގެ ބާރެއްގެ ގޮތުންކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި ކަންކަމުގައި މާތްﷲއާ ވަކީލުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށާއި އެކަލާނގެ ރަޙްމަތާ މެދު މާޔޫސްވުމަކީ މަގުފުރެދުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމަށް ބުންޏެވެ.
މުއުމިނުންނަކީ އެންމެ ބޮޑެތި މުޞީބާތުގެ ވަގުތުތަކުގައި ވެސް، މާތްﷲގެ ރަޙްމަތާއި ލުޔަށް އުންމީދުކޮށް، އެ މީހުންގެ ހިތްތައް ޔަގީންކަމުން ފުރިފައިވާ ބައެއްކަން ފާހަގަކޮށް، މާތް ﷲގެ މަގުގައި ސާބިތުވެ ހުންނަ މީހަކު މާޔޫސްވެގެން ނުވާނެ ކަމަށާއި އޭނާ އަމަލުކުރާނީ މާތްﷲގެ ވަހީބަސްފުޅާ އެއްގޮތަށް ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.