ENGLISH
07 ޖުލައި 2026
ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށަށް ގެންގޮސް ނައްތައިލެވޭ ގޮތަށް ގާނޫނު ބަދަލުކުރަނީ
07 ޖުލައި 2026
|
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.
އެންމެ މަޤްބޫލު
ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށަށް ގެންދެވޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހީމް ޝިފާޒެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ސަރުކާރުން ބުނެފައިވަނީ ކުނިމެނޭޖުކުރުމުގެ ގާނޫނު ތަންފީޛުކުރާ އިދާރާތައް ކަމުގައިވާ ވުޒާރާއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި،އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކުރުމެވެ. އަދި ދިވެހިރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ގާނޫނުގައި ކަނޑައެޅުމަށާއި، ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމުގެ ގޮތުން، ތަފާތު ބާވަތްތަކުގެ ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކުރާ އުސޫލުތައް މުރާޖައާކުރުމެވެ. އަދި ކުނި މެނޭޖުކުރުމާ ގުޅުންހުރި ގާނޫނުތައް ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމެވެ.
އިގްތިސާދީ މަސައްކަތްތަކުން އުފެދޭ ކުނި މެނޭޖުކުރުމުގެ ޕްލޭނެއް ނުވަތަ އިންޑަސްޓްރިއަލް ކުނި މެނޭޖުކުރުމުގެ ޕްލޭނެއް ހަދަންޖެހޭ ފަރާތަކުން އެފަދަ ޕްލޭނެއް ހަދާފައި ނުވާނަމަ، -/50،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށް ބިލުގައި ވަނީ ބަޔަންކޮށްފައެވެ. ނަމަވެސް ޖޫރިމަނާ ކުރެވޭ ފަރާތަކީ ރަށު ނުވަތަ ސިޓީ ކައުންސިލުނަމަ ނުވަތަ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފައިވަނީ ރަށު ނުވަތަ ސިޓީ ކައުންސިލެއްގެ އިޚުތިޞާޞްގައި ނުހިމެނޭ ސަރަހައްދެއްގައިނަމަ، އެފަދަ ކުށަކަށް ދައްކާ ޖޫރިމަނާގެ ފައިސާ ޖަމާކުރަންޖެހެނީ މޯލްޑިވްސް ގްރީން ފަންޑަށެވެ.
މީގެ އިތުރުން 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށްވެސް މި އިސްލާހުގައިވެއެވެ. އެހެން ހެދުމުން ހޯލް ސޭލް ކުރާއިރު ދެ ރުފިޔާގެ ފީއެއް ނަގާކަށް ނުޖެހޭނެއެވެ. ނަމަވެސް އިސްލާހުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް އަސަރުކުރާނެ ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި ދައުލަތަށް 5.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި އަހަރުގެ މިހާތަނަށް 2,011,421 ރުފިޔާ ލިބުނެވެ.
މި ގާނޫނުގެ ދަށުން ވުޒާރާއިން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ދޫކޮށްފައިވާ ހުއްދައެއް އޮވެގެން މެނުވީ، ނުރައްކާތެރި ކުނިއާއި އެފަދަ ކުނި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ވިއްކުމާއި، ބޭނުންކުރުމާއި، ޑިސްޓްރިބިއުޓް ކުރުމަކީ ކުށެކެވެ. އަދި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ދޫކޮށްފައިވާ ހުއްދައެއް އޮވެގެން މެނުވީ، ނުރައްކާތެރި ކުނި ދިވެހިރާއްޖޭގައި ރިސައިކަލްކޮށް، ބޭނުންތެރި މާއްދާތައް އިއާދަކޮށް، އަދި އެނޫންވެސް ބޭނުމަކަށް ޕްރޮސެސްކޮށްގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުގައި އޮންނަ ގޮތުން، ވުޒާރާގެ ވަކި ހުއްދައެއް ހޯދައިގެން، ވުޒާރާއިން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ރާއްޖެއަށް ކުނި އެތެރެކުރުމުގެ ފުރުސަތު އޮވެއެވެ.