ENGLISH
07 ޖުލައި 2026
ވީއައިއެޗްއެސްގެ "ސަގާފީ ދަތުރު" ވަޒީރަށް ތާރަފުކޮށް އަރުވައިފި
07 ޖުލައި 2026
|
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ "ސަގާފީ ދަތުރު" ވަޒީރު ހީނާ އަށް އެރުވުން - ފޮޓޯ: ސަރުކާރު
އެންމެ މަޤްބޫލު
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ކޮންމެ އަހަރަކު ތައްޔާރުކުރާ "ސަގާފީ ދަތުރު" ވަޒީރު ހީނާ ވަލީދަށް ތަޢާރަފުކޮށް އަރުއްވައިފިއެވެ.
ވަޒީރަށް މި ޕްރޮގްރާމް ތަޢާރަފުކުރުން ކުރިއަށް ދިޔައީ އިއްޔެ ވިލާކޮލެޖްގައެވެ.
ވިލާ ކޮލެޖަށް ވަޒީރު ކުރެއްވި މި ޒިޔާރަތުގައި އަރިހުގައި ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަޙުމަދު އަންވަރުގެ އިތުރުން ކޮލެޖުގެ އިސްވެރިންނާއި ސްކޫލްގެ ދިވެހި މުދައްރިސުން ބައިވެރިވެވަޑައިގެންނެވިއެވެ.
ވިލާ ކޮލެޖުން މައުލޫމާތު ދިން ގޮތުގައި "ސަގާފީ ދަތުރު"ގެ ނަމުގައި ތާރީޚާއި ސަގާފަތަށް ޚާއްސަ ހަރަކާތެއް ފަރުމާކޮށް ރޭވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހި މާއްދާއަށް ޝައުޤުވެރިން އިތުރުވާނޭ ފަދަ ގޮތަކަށް ބަހާއި ބަހުރުވަތަކަށް ދަރިވަރުން އަހުލުވެރިކުރުވުން ކަމަށެވެ.
މިހަރަކާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާތާ މިއީ 13 ވަނަ އަހަރުކަމުގައި ވިލާ ކޮލެޖުން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ވެސް، ވަޒީރުގެ މި ޒިޔާރަތުގައި މިވުޒާރާއާއި ވިލާ ކޮލެޖާ ގުޅިގެން ތައުލީމީ ރޮނގުން ފަންނާއި ސަގާފަތުގެ ދާއިރާ ކުރިއެރުވިދާނެ ގޮތްތަކާ މެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
"ސަގާފީ ދަތުރު" އަކީ ދިވެހިރާއްޖޭގެ ސްކޫލުތަކުން ދަރިވަރުންނަށް އަމާޒުކޮށްގެން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ޚާއްޞަ ދަތުރުތަކެކެވެ. މިފަދަ ދަތުރުތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ ސަގާފަތާއި، ތާރީޚީ ތަންތަނާއި، އާދަކާދަތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމެވެ. ވިލާ ހައި ސްކޫލްގެ މިދިޔަ އަހަރުގެ ސަގާފީ ދަތުރުކޮށްފައިވަނީ އައްޑޫ ސިޓީ ހުޅުދޫ މިދޫ އަށެވެ.