ENGLISH

07 ޖުލައި 2026

Advertisement

މޫސުމީ ނުރައްކާ ބޮޑު ގައުމުތަކުގެ ހައްގުގައި ރާއްޖެއިން ވަކާލާތުކޮށްފި

07 ޖުލައި 2026

|

އައިމިނަތު ޝަފާ

"ފަންޑު ފޯ ލޮސް އެންޑް ޑެމޭޖް" ފަންޑުގެ ބޯޑުގެ ނުވަ ވަނަ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމަށް އެކުލަވާލާފައިވާ "ފަންޑު ފޯ ލޮސް އެންޑް ޑެމޭޖް" ފަންޑުގެ ބޯޑުގެ ނުވަ ވަނަ ބައްދަލުވުމުގައި މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމުތަކުގެ ހައްގުގައި ރާއްޖެއިން ވަކާލާތުކޮށްފިއެވެ. 

ފިލިޕީންސްގެ މެނީލާގައި މި ޖުލައި މަހުގެ 8 އިން 9 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑައިރެކްޓަރ އަހުމަދު ވަހީދެވެ. ދިވެހިރާއްޖެ މި ބައްދަލުވުމުގައި ބައިވެރިވަނީ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށްފައިވާ ގޮނޑީގެ "އަލްޓަނޭޓް މެންބަރު" ގެ ހައިސިއްޔަތުންނެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން އެންމެ ބޮޑަށް ވަކާލާތު ކުރަމުންދަނީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމުތަކުގެ ހައްގުގައެވެ. ވަކިން ހާއްސަކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ނުވަތަ ކްލައިމެޓް ފައިނޭންސް ހަމަހަމަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައި މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށް ރާއްޖެއިން ދަނީ ބާރުއަޅަމުންނެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމުގައި ރާއްޖެއަކީ ބައިނަލްއަގުވާމީ މައިދާނުގައި ނަމޫނާ ދައްކަމުންދާ ގައުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެނީ ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެ ފަދަ ނާޒުކު ގައުމުތަކުގެ އަޑު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށެވެ.

މި ބައްދަލުވުމުގެ ސަބަބުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަދަލުދޭ ފަންޑު ހިންގުމުގެ އުސޫލުތައް ކަނޑައެޅުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް މަގުފަހިވެގެންދާނެކަމަށް ވުޒާރާއިން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު