ENGLISH
07 ޖުލައި 2026
އޭއައިން އެޑިޓްކޮށްފައިވާ ފޮޓޯތަކަކީ ޕާސްޕޯޓް މިންގަނޑާ ހިލާފު ފޮޓޯތަކެއް : އިމިގްރޭޝަން
07 ޖުލައި 2026
|
އޭއައިން އެޑިޓްކޮށްފައިވާ ފޮޓޯއަކާއި، އަސްލު ފޮޓޯއެއް - ފޮޓޯ: އިމިގްރޭޝަން
އެންމެ މަޤްބޫލު
އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ނުވަތަ މިފަދަ އާލާތްތައް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތަކަކީ، ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ހިލާފު ފޮޓޯތަކެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ޝާއިއުކުރި ޕޯސްޓުގައި، ޕާސްޕޯޓަށް އެދި ހުށަހަޅާއިރު އޭއައި ބޭނުންކޮށްގެން ހަދާފައިވާ ނުވަތަ އެޑިޓްކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް އެދިފައިވެއެވެ. މިފަދަ ފޮޓޯތަކަކީ ޕާސްޕޯޓް ފޮޓޯގެ މިންގަނޑާއި ހިލާފު ފޮޓޯތަކެއް ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިތުރަށް އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ކަށަވަރު ކުރުމަށް ބޭނުންކުރާ ލިޔެކިޔުމަކަށްވާތީ، އެންމެހާ ރައްޔިތުންވެސް ފޮޓޯ ހުށަހެޅުމުގައި އިމިގްރޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
ޕާސްޕޯޓްއަށް އެދި ހުށަހަޅާ ފޮޓޯ ތަކުގެ މިންގަނޑުތައް ހުންނާނެ ގޮތުގެ ތަފްސީލް އިމިގްރޭޝަނުން އަބަދުވެސް އަންނަނީ ހިއްސާކުރަމުންނެވެ. މީހުން މިކަމަށް އަހުލުވެރިކުރުމުގެ ގޮތުން ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މި ތަފްސީލް ހިއްސާކޮށްފައި ހުރެއެވެ. މީގެ އިތުރުން މީހުން މިކަމަށް އަހުލުވެރިކުރުމުގެ ގޮތުން ތަފާތު ސެޝަންތައްވެސް އިމިގްރޭޝަނުން ބާއްވާފައިވެއެވެ. މިކަމުގެ ބޭނުމަކީ، މީހުން ކަނޑައެޅިފައިވާ ގަވާއިދުތަކަށް އަހުލުވެރިކޮށް އެގޮތަށް ކުރުމަށް ބާރު އެޅުމެވެ.
ރާއްޖޭގެ ޕާސްޕޯޓްއަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި އެންމެ ބާރުގަދަ އެއް ޕާސްޕޯޓެވެ.