ENGLISH
07 ޖުލައި 2026
އަދިވެސް މި އުޅެނީ އެމްޑީޕީ ސަރުކާރުން އެޅުވި ޑޮލަރު ބޭންޑުން ސަލާމަތްނުވެގެން: ވަޒީރު ސައީދު
07 ޖުލައި 2026
|
ވަޒީރު މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް
އެންމެ މަޤްބޫލު
މިއަދާ ހަމައަށް އައިއިރުވެސް އުޅެންމިޖެހެނީ އެމްޑީޕީގެ ސަރުކާރުން އެޅުވި ޑޮލަރު ބޭންޑުން ސަލާމަތްނުވެވިގެންކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
މެމްބަރު ސުވާލުކުރެއްވީ އެމް.ޑީ.ޕީގެ ފުރަތަމަ ވެރިކަމުގައި ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އޭރުގެ ދައުލަތުގެ އެންމެ ފައިދާވާ ތިން ކުންފުނީގެ ތެރެއިން އެއް ކުންފުނި ނުއަގުގައި ކުއްޔަށްދީ، އަނެއް ދެ ކުންފުނީގެ ހިއްސާ ވިއްކާލުމުން ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލު ދެއްވުމަށް އެދިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުތަކުން އެގޮތަށް ގެންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭކަމަށެވެ.
"މިސާލަކަށް ސަރުކާރުގެ، ދައުލަތުގެ ކުންފުނިތައް ބޭރުގެ ފަރާތްތަކަށް ވިއްކައިލުން އިޔާދަނުކުރަނިވި ގެއްލުން މި ލިބެނީ، އެގޮތަށް ހަމަ ހަނދުމަފުޅުހުންނާނެ އޭރުގައި 10 ރުފިޔާއާއި 15 ރުފިޔާއާ ދޭތެރޭގައި އެޅުވިނޫންތޯ ޑޮލަރު ބޭންޑެއް، އޭގެން ސަލާމަތްނުވެގެން އަދިވެސް މި އުޅެނީ. އެފަދަ އެތައް ކަންތައްތަކެއް ހަމަ ވެގެން ގޮސްފައި އެބަހުރި،". ވަޒީރު ވިދާޅުވިއެވެ.
މިކަމުގައި ސަރުކާރުގެ ސިޔާސަތަކީ ދިވެހި ކުންފުނިތައް ބާރުވެރިކުރުވައި ދިވެހި ކުންފުނިތަކުގެ ގޮތުގައި އެ ކުންފުނިތައް ކުރިއަރައި ދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެކަން އެބީދައިން ކުރުމަކީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.
ރާއްޖެއަށް ޑޮލަރުގެ ތާށިކަން ދިމާވެގެން އުޅެނީ އެމްޑީޕީ ސަރުކާރުން 8،000 މިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރުމުންކަމަށް ވަޒީރު ވިދާޅުވިއެވެެ. އަދި ޑޮލަރުގައި 10 ރުފިޔާއާއި 15 ރުފިޔާއާ ދޭތެރޭ ބޭންޑެއް އެޅުވުމުގެ ސަބަބުން ތަކެތީގެ އަގު އުފުލިގެންދިޔަކަމަށާއި ނަމަވެސް ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.