ENGLISH
21 އޭޕްރީލު 2025
ސިފްކޯއިން މިރޭ މާލޭގައި ހަވާ އަރުވަނީ
27 ޑިސެމްބަރު 2024
|
މިނިވަން 50 ގައި މާލޭގައި ހަވާ އެރުވުމުގެ ތެރެއިން --- ފޮޓޯ: ގޫގުލް
އާޓިފިޝަލް ބީޗް ސަރަހައްދުގެ މޫދުގައި މިރޭ 21:00 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑިއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑިއެފުން ވިދާޅުވީ، މިރޭ އާޓިފިޝިއަލް ބީޗުގައި ހަވާ އަރުވަން ހަމަޖެހިފައިވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފަސް މިނެޓަށް ކަމަށްވެސް އެމްއެންޑިއެފުން މައުލޫމާތުދެއެވެ.
އެމްއެންޑިއެފުން ވަނީ ރޭ ހުޅުމާލެ ފޭސް 3 ސަރަހައްދުގައިވެސް ހަވާ އަރުވާފައެވެ. ހަވާއެރުވުމުގެ އެ ހަރަކާތަކީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ކަމެއްކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ދެ މިނެޓްގެ ތިން ޝޯއެކެވެ.
ރާއްޖޭގައި ހަވާއެރުވުމުގެ ކަންކަން ކުރަނީ ޤައުމީ ދިފާއީބާރުންނެވެ.